ހިޔާ ފްލެޓާއި ސަރުކާރުގެ މަޝްރޫއުތަކުން ފްލެޓް ލިބިފައިވާ ފަރާތްތަކަށް ޚާއްސަކޮށް އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
އެސްޓީއޯއިން ބުނީ ޕްރޮމޯޝަންގެ ދަށުން ތަފާތު ތިން ޕެކޭޖެއްގެ ތެރެއިން ތަކެތި ބައްލަވައިތުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށެވެ. 15 އިންސައްތަ އާއި ހަމައަށް ޑިސްކައުންޓް ލިބޭ މި ޕެކޭޖްތަކަށް ނަން ދެވިފައިވަނީ ”ރިހި، ރަން، އަދި ހުދު ރަން“ އެވެ.
މި ޕްރޮމޯޝަން ނިމުމުން ބައިވެރިންގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކަށްވެސް ފައިސާގެ އިނާމާއި ތަކެތީގެ އިނާމު ކަނޑައެޅިފައިވެ އެވެ. އެގޮތުން އެއްވަނައަށް ހޮވޭ ފަރާތަކަށް 20،000 ރުފިޔާ، އަދި ދެވަނައަށް ހޮވޭ ފަރާތަކަށް 10،000 ރުފިޔާގެ ފައިސާގެ އިނާމު ދެވޭއިރު ތިންވަނައަށް ހޮވޭ ފަރާތަށް ކަނޑައަޅާފައި ވަނީ 5،000 ރުފިޔާގެ ވައުޗާއެކެވެ. މި ވައުޗަގެ ބޭނުންކޮގެން އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ތަކެތި ލިބިވަޑައިގަންނަވާނެ އެވެ.
We are thrilled to introduce "Magey Hiya" promotion specially curated for Hiya Flat Owners. ???? Purchase the products you need for your flats and stand a chance to win amazing prizes! ???? #StoMageyHiya pic.twitter.com/GAyPjSapWl
— STO Home Improvement (@STO_HomeImp) July 1, 2021
”މި ޕްރޮމޯޝަންގަ ބައިވެރިވެވޭނެ މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއެފްއެލްސީ، އަދި ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ތަކެތި ނަންގަވާ ފަރާތްތަކަށްވެސް“ އެސްޓީއޯ
މީގެ އިތުރުން މި ޕްރޮމޯޝަންގެ ދަށުން ބައްލަވައިގަންނަވާ ތަކެތި ގެންގޮސްދިނުމަށް ނިންމާފައިވާކަމަށް އެސްޓީއޯއިން މައުލޫމާތު ދެއެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ފްލެޓް ލިބިފައިވާކަމުގެ ލިޔުން އަދި ފްލެޓް ލިބުނު ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހުށަހަޅަންޖެހެ އެވެ.

