ޕްލާސްޓިކާއި ދުރުވުމަށް ކުރެވޭ މަސައްކަތްތަކުގެ ދަށުން މައިލޯ ޕެކެޓުގެ ކަރުދާސް ރާއްޖެއަށް ލިލީ އެންޓަޕްރައިސިސްއިން ރާއްޖެއަށް ތައާރަފްކޮށްފި އެވެ.
ރާއްޖޭގައި ޕްލާސްޓިކުގެ ބައެއް ބޭނުން ކުރުން ހުއްޓާލުމަށް ނިންމާފައިވާއިރު، ލިލީއިން ބުނީ ކަރުދާސް ހޮޅިއާއި އެކު ލިބޭ މައިލޯ ޕެކެޓު ރާއްޖެއަށް އެތެރެކުރެވުމަކީ ލިބުނު ކުރިއެރުމެއްގެ ގޮތުގައި ދެކޭ ކަމަށެވެ. އަދި މިއީ 100 އިންސައްތަ ރީސައިކަލް ކުރެވޭ ޕްރޮޑަކްޓެއްގެ ގޮތުގައި މައުލޫމާތު ދިނެވެ.
މިއީ ޕްލާސްޓިކް ބޭނުން ކުރުން މުޖްތަމައުގެ ތެރޭގައި މަދު ކުރުމުގެ ގޮތުން ކުރިޔަށް އެޅުނު ފިޔަވަޅެއްގެ ގޮތުގައި ވެސް ކުންފުނިން ބުންޏެވެ.
ރާއްޖެއަށް މައިލޯ އެތެރެކޮށް ޑިސްޓިރިބިއުޓްކުރަނީ ލިލީ އެންޓަޕްރައިޒަސްގެ ފަރާތުންނެވެ.
މައިލޯއަކީ ރާއްޖޭގައި ވަރަށް ކުރީންސުރެ ފެށިގެން އާއްމުންނާއި ހާއްސަކޮށް ކުޑަކުދިންގެ މެދުގައި މަގުބޫލު ބުއިމެކެވެ.

