ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދު އިތުރު ފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގަންނަވަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި އިތުރު ފަރުވާ ހޯއްދަވަން އިނގިރޭސިވިލާތަށް ވަޑައިގަންނަވަން ހަމަޖެހިއްޖެ އެވެ.

ރައީސް ނަޝީދުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް ނަޝީދަށް އަމާޒުކޮށް 6 މޭގައި މަޖީދީ މަގުގައި ދެވުނު ބޮމުގެ ހަމަލާގެ ޝިކާރައަކަށްވެ މުޅިހަށިކޮޅު އެކީގައި ވަނީ ޒަޚަމްވެފައިކަމަށެވެ. އަދި އިތުރު ފަރުވާއަށް ވަޑައިގެންނެވި ޖަރުމަންވިލާތުގެ ބަރލިން ބުންޑެސްވެއަރ ހޮސްޕިޓަލްގެ ޕްރޮފެސަރ ޑރ.ސީ.ވިލީ އާއި ޑޮކްޓަރުންނާއި އެހީތެރިންގެ ނުހަނު އޯގާތެރި ކަމާއި އެކުގައި ފަރުވާ ލިބިވަޑައިގެންފައިވާކަމަށެވެ.

ޖަރުމަންގެ ބުންޑެސްވެއަރ ހޮސްޕިޓަލް އާއި ޑޮކްޓަރުންނާއި އެހީތެރިންނަށް ނަޝީދުގެ ފަރާތުން ވަނީ ޝުކުރު އަދާކޮށްފައެވެ. ޖަރުމަނުވިލާތުގެ ޑޮކްޓަރުން ރިފަރ ކުރައްވައިގެން އިތުރު ފަރުވާ ހޯއްދެވުމަށް މިއަދު މަޖްލިސްގެ ރައީސް އިގިރޭސި ވިލާތަށް ވަޑައިގަންނަވާނެކަމަށް އެ އޮފީހުން ބުނެއެވެ.

ބޮމުގެ ހަމަލާއާ ގުޅިގެން އޭޑީކޭގައި ވެސް ނަޝީދު ގިނަ ސާޖަރީތަކެއް ކޮށްފައިވާއިރު، އިތުރު ފަރުވާ އަށް މިދިޔަ މަހުގެ މެދުތެރޭ އެމަނިކުފާނުގެ ވަނީ ޖަރުމަނުވިލާތަށް ވަޑައިގެންފައެވެ. އަދި މިދިޔަ މަހުގެ 21 ވަނަ ދުވަހު ފަރުވާ ހޯއްދަވަމުން ގެންދެވި ޖަރުމަނުވިލާތުގެ މިލިޓަރީ ހޮސްޕިޓަލުން ދޫކޮށްލެއްވި ނަމަވެސް ނަޝީދުގެ ފަރުވާގެ ކަންކަން އަދިވެސް ދަނީ ކުރިއަށެވެ.

އެގޮތުން ފަޔަށް ލިބުނު އަނިޔާއާ ގުޅިގެން ދާދިފަހުން އެމަނިކުފާނު ވަނީ ފައިގެ ދެ އޮޕަރޭޝަނެއް ވެސް ކުރައްވާފައެވެ.

ބޮމުގެ ހަމަލާއާ ގުޅިގެން ފަސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާއިރު، ފުލުހުން އަންނަނީ ބޭރުގެ މާހިރުންނާއެކު އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. އެ ހަމަލާއާ ގުޅިގެން ފުލުހުން އަންނަނީ ހަރުކަށި ފިކުރަށް ތާއީދުކުރާ ފަރާތްތަކާއި ދެކޮޅަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އޮޕަރޭޝަންތައް ވެސް ހިންގަމުންނެވެ. އަދި ޓެރަރިޒަމަށް ހިތްވަރު ލިބޭ ފަދަ ވާހަކަތައް ދައްކާ ފަރާތްތައް ވެސް އަންނަނީ ހައްޔަރުކުރަމުންނެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: