ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާއަަށް އެއްޗެހި ގޮވަންޏާ އެތާ އުޅޭ ދިވެހިންނަށް ދަތި ވެދާނެ: މޫސަ

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބް ރައީސް ރީކޯ މޫސާ މަނިކް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާއަަށް އެއްޗެހި ގޮވަންޏާ އެތާ އުޅޭ ދިވެހިންނަށް ދަތި ވެދާނެ ކަމަށް މަޖިލީހުގެ ކުރީގެ ނައިބް ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރު ވައްޓާލަން ދައްކަން ރަނގަޅު އެހެން ވާހަަކަ ހުންނާނެ ކަމަށާއި ދިވެހިންގެ ފުދޭވަރެއްގެ އާބާދީއެއް އިންޑިއާގަ ދިރިއުޅޭއިރު ،ރާއްޖޭގެ ބަޔަކު ކުރާކަމަކުން މިގައުމުގެ ބަޔަކަށް އިންޑިއާގަ ދަތިތަކާ ކުރިމަތިލާންޖެހުން އެއީ ގާނޫނު އަސާސީން އެމީހުނަށް ލިބޭ ޙައްގަށް އަރައިގަތުން ކަމަށެވެ.

އިންޑިއާއާ ދެކޮޅަށް ހަބަރު ފަތުރާ ރާއްޖޭގެ މީޑިއާތަކަށް ފިޔަވަޅު އަޅައިދިނުން އެދި ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން، ރާއްޖޭގެ ފޮރިން މިނިސްޓްރީ އަށް ފޮނުވާފައިވާ ސިޓީއެއްގެ ކޮޕީ ވެސް މިހާރު ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ. އަދި މިކަމާ ގުޅޭ މައްސަލަތަކެއް ފުލުހުން ވެސް ގެންދަނީ ބަލަމުންނެވެ.

މި ސިޓީގައި ބުނެފައިވަނީ ރާއްޖޭގެ ބައެއް މީޑިއާ ތަކުން ހަބަރު ފަތުރާ ގޮތާ މެދުގައި ކަންބޮޑުވާ ކަމަށެވެ. އިންޑިއާއާ ގުޅިގެން ރިޕޯޓް ކުރާ ބައެއް ހަބަރުތަކުގެ ސަބަބުން ހައި ކޮމިޝަންގެ މަސައްކަތައް އުނދަގޫވެ ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު ސަންޖޭ ސުދީރްގެ ކަރާމާތައް ބުރޫ އަރަމުންދާ ކަންވެސް ފާހަގަކޮށްފައިވެ އެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: