ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގައި އިތުރު ދެބަސްވުންތަކެއް؛ މިފަހަރު ފަޔާ އާއި ރީކޯ!

އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އަދި ކުރީގެ ޗެއަރޕާސަން މޫސަ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް އޭނާ އާއި ގުޅޭޭގޮތުން ދޮގު ވާހަކަތައް ފަތުރައްވަމުންދާކަމަށް އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އެ ޕާޓީގެ ކުރީގެ ޗެއަރޕާސަން މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ރަނިނގް މޭޓުގެ މަގާމަށް ޕާޓީގެ ތެރޭގައި ވާދަވެރިކަން އުފެދިފައިވާކަމަށް ބުނެ ބައެއް ނޫސްތަކުގައި ރިޕޯޓް ކުރަމުން ދާއިރު، ފައްޔާޒުވަނީ އެ ކަމުގެ ތެރޭގައި އޭނާ ޝާމިލުވެވަޑައިނުގަންނަވާކަން ވިދާޅުވެފައެވެ. އަދި އެ ވާހަކަތަކަކީ ކޮންމެވެސް ސަބަބަކާއި ގުޅިގެން މޫސަ ދައްކަވަމުންދާ ވާހަކަތަކެއްކަމަށް އޭނާ ވަނީ ސޯޝަލްމީޑިއާގައި ހިއްސާކުރައްވާފައެވެ.

ފައްޔާޒުގެ ވާހަކަތަކަށް މޫޫސަ ވަނީ ޖަވާބުދެއްވާފައެވެ. އޭނާ ވިދާޅުވީ، އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމުގައި ހުންނަވާ ފަރާތަކީ އާންމު މެމްބަރުންނާއި ޒާތީވެ އަމަލުނުކުރައްވާ އުޅުއްވޭނެ ބޭފުޅަކަށްވުމަކީ މުހިންމު ކަމެއްކަމަށެވެ. އެހެންނަމަވެސް ނޫހެއްގައި ޝާއިއުކުރެވިފައިވާ ލިއުމަކާއި ގުޅިގެން ފައްޔާޒު އާންމު ތަންތަނުގައި އޭނާއަަށް ދިމާކުރުމަކީ ހިންގައިގެން ވާނެ ފަދަ އަމަލެއް ނޫންކަމަށް ވިދާޅުވިއެވެ. މޫސަ ވިދާޅުވީ ފައްޔާޒު ދައްކަވަމުންދާ ވާހަކަތަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއްކަމަށެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: