ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ ކަނޑުގެ ރައްކައުތެރިކަން ކަށަވަރުވެފައި އޮތުން ސަރަހައްދީ ގައުމުތަކުގެ މިނިވަންކަމަށް މުހިންމު: ފައްޔާޒް

އެމްޑީޕީ ކޮންގްރެސް 2022 ގައި އެޕާޓީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއީލް ވާހަކަ ދައްކަވަނީ --- ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރަހައްދުގެ ހުރިހާ ގައުމަކަށްވެސް އިންޑިއާ ކަނޑުގެ ރައްކައުތެރިކަން ކަށަވަރުވެފައި އޮތުން މުހިންމުކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އިންޑިއާގެ 78 ވަނަ މިނިވަންދުވަހުގެ މުނާސަބާގައި ފައްޔާޒް ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ. ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަން ޓެގްކޮށް ކުރެއްވި މި ޕޯސްޓުގައި ކުރީގެ އިގްތިސާދީ ވަޒީރު ފައްޔާޒް ވިދާޅުވީ، ދުވަހުގެ ތަހުނިޔާ އިންޑިއާގެ ހުރިހާ ރައްޔިތުންނަށް ފޮނުއްވާކަމަށެވެ.

އޭނާ ވިދާޅުވީ، އިންޑިއާ ކަނޑު ސަރަހައްދުގެ ސަލާމަތީ ކަންކަމާއި އަމަންކަން ކަށަވަރުވެފައި އޮތުމަކީ މި ސަރަހައްދުގެ ހުރިހާ ގައުމެއްގެ ރައްކައުތެރިކަމާއި މިނިވަންކަން ކަށަވަރުވެފައި އޮތުމަށް ކޮންމެހެންވެސް މުހިންމު ކަމެއްކަމަށެވެ. އަދި ހުރިހާ ގައުމެއް ގުޅިގެން އެއްބައިވަންތަ ދެމެހެއްޓިނިިވި އަވަށެއްގެ ގޮތުގައި ހަރަކާތްތެރިވާންޖެހޭކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: