ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގެ ރައީސާއި ވަޒީރުންގެ މުސާރަތައް ބޮޑުކުރަން ނިންމުމަކީ ރައްޔިތުންނަށް ކުރާ މަލާމާތެއް: ފައްޔާޒް

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އެމްޑީޕީގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަނީ --- ފޮޓޯ/ އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ވަޒީރުންގެ މުސާރަތައް ބޮޑުކުރުމަކީ ދިވެހި ރައްޔިތުންނަށް ކުރާ މަލާމާތެއް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރައީސާއި ވަޒީރުންގެ މުސާރަތައް ބޮޑުކުރަން އިއްޔެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފައިވާއިރު، އެކަމާ ގުޅިގެން ”އެކްސް“ގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ، މަޖިލީހުން ކުރާ މަސައްކަތެެއް ނެތް އިރު އަދި ސަރުކާރަށް ނެރެވުނު ނަތީޖާއެއް ނެތް އިރު، ވަޒީރުންނާއި މަޖިލިސް ރައީސްގެ މުސާރަ ބޮޑުކުރަން މަޖިލީހުން ނިންމާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، މިއަށް ވުރެ ދަށު ދަރަޖައިގެ މަޖިލީހެއް މިހާތަނަށް ނާންނަ ކަމަށެވެ. އަދި އެ ނިންމުމަކީ ދިވެހި ރައްޔިތުންނަށް ކުރާ ބޮޑު މަލާމާތެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.

ފައްުޔާޒް ސުވާލު އުފެއްދެވީ، ތަކެތީގެ އަގުތައް އުފުލި އެތައް ބަޔަކު ދަތީގައި އުޅެމުންދާ މި ދަނޑިވަޅުގައި ނުކުރެވި އޮތް ކަމަކީ އެއީތޯއެވެ.

”މިއަދު ވެސް އެ ކުރީ ދިވެހި ރައްޔިތުންނަށް ކުރާ ބޮޑު މަލާމާތެއް. ތަކެތީގެ އަގުތައް އުފުލި އެތައް ބަޔަކު ދަތީގައި އުޅެމުންދާ މި ދަނޑިވަޅުގައި މިއީތޯ ނުކުރެވި އޮތް ކަމަކީ؟“ ފައްޔާޒް

މަޖިލީހުގެ ރައީސްއަށް 22،000ރ. ގެ އިތުރު އެލަވެންސްއެއް ދިނުމަށް މާލިއްޔަތު ކޮމިޓީން އިއްޔެ ފާސްކޮށްފައިވާއިރު، އެ ބަދަލާއެކު، މަޖިލީހުގެ ރައީސްއަށް މުސާރަ އާއި އިނާޔަތްތަކާއެކު ކޮންމެ މަހަކު 95،000 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ.

އޭގެ އިތުރުން، މިނިސްޓަރުންނަށް ދޭ ޑްރައިވާސް އެލަވެންސް ވެސް ބޮޑުކުރަން އިއްޔެ ނިންމާފައިވާއިރު، އެ ބަދަލާއެކު ވަޒީރުންނަށް މުސާރައާއި އިނާޔަތްތަކާއެކު ލިބޭ އަދަދު، 58،500 ރުފިޔާއިން 66،000 ރުފިޔާއަށް ބޮޑުވެގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: