ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަސްމާލެ މަޝްރޫއުއާ މެދު ރައްޔިތުންގެ ހިޔާލު ނުހޯދައިފިނަމަ މަގުތަކަށް ނުކުންނަންޖެހޭ: ފައްޔާޒް

ޝެއާރކޮށްލާ ކަހަލަދޯ؟

ރަސްމާލޭގައި ހިންގާ މަޝްރޫއުއާ މެދު ރައްޔިތުންގެ ހިޔާލު ހޯދަން ޖެހޭ ކަމަށާއި އެކަން ނުކުރާނަމަ މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަންޖެހޭ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕަރސަން އަދި އެ ޕާޓީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ރަސްމާލެ މަޝްރޫއާ މެދު ފެންނަ ނުފެންނަ ވޯޓެއް ނަގަން ސަރުކާރަށް ގޮވާލަން ފާސްކުރި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ފައްޔާޒް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު މެދުދުއިރުމަތީގައި އޮތް ވާދަވެރިކަމެއްގެ މައްސަލަ ގެނެސް ރާއްޖެއަށް ވެއްދުމަކީ ނުހަނު ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.

ރާއްޖެއަކީ ޖިއޯޕޮލިޓިކަލީ ވަރަށް މުހިންމު ތަނެއް ކަމަށާއި، ކުރިން ރައީސް ޔާމީނުގެ ދައުރުގައި އިންޑިއާ ކަނޑުގެ ކަންކަމުގެ ތެރެއަށް ޗައިނާ ގެނައުމުން ބޮޑެތި މައްސަލަތަކެއް އުފެދުންކަމަށް ފައްޔާޒް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރައްޔިތުންގެ ފައިސާއިން ބޯހިޔާވަހިކަމަށް ހިއްކި ތަނެއް އެހެން ބަޔަކަށް ދޭން ނިންމާފައިވާއިރު، އެ މަޝްރޫއުއާ ގުޅިގެން ތަކެތީގެ އަގުތައްވެސް އުފުލިގެން ދިޔަ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. ރައްޔިތުންނަށް ތަކުލީފަކަށް ވާގޮތަށް ހިއްކި ތަނެއް ބަޔަކަށް ލިޔެ ދޭ ވަހަކަ އަޑު އިވުމަކީ ކަމްބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި 99 އަހަރަށް ވުރެ އިތުރަށް ބިމެއް ދިނުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށާއި ދާއިމަށް ދިނުމަކީ ވެސް ކަންބޮޑުވުމެއް ކަމަށް ވިދާޅުވިއެވެ.

ރާއްޖޭން ތަނެއް ބަޔަކަށް ދޭއިރު ރައްޔިތުންގެ ހިޔާލު އެކަމުގައި ހޯދަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. ރައްޔިތުން އެކަމަށް ރުހޭނަމަ ފައްޔާޒްގެ އެއްވެސް މައްސަލައެއް އަދި ކަންބޮޑުވުމެއްވެސް އެކަމުގައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

”މިވަރުކަމެއް ކުރާ އިރުގައި އަޅުގަނޑު ހިތުން ރައްޔިތުންގެ ގާތުގައި އެކަމާ ބެހޭގޮތުން އެއްޗެއް އަހާލަންޖެހޭ. އަޅުގަނޑުުމެންގެ ތާރީހު ފެންނަނީ ވަރަށް ދެރަކޮށް، ޖިއެމްއާރު އައުޓް، އިންޑިއާ އައުޓް، ސައުދީ އައުޓް، އަނެއްކާ އީގަލް ހިލްސް އައުޓް، ޔޫއޭއީ އައުޓް. މިއީ ވަރަށް ކަންބޮޑުވާކަމެއް. އަޅުގަނޑުމެންގެ މައްސަލަ އޮތް މުއިއްޒު އައުޓް ވާން ޖެހޭނީ. މުއިއްޒުއާ ހެދި މިކަން ލައިގަނެގެން މިއުޅެނީ،“

ފައްޔާޒް ވިދާޅުވީ، ބައެއްގެ ސަބަބުން އަނެއްކާވެސް ރަހުމަތްތެރި ގާތް ގައުމަކާއި ޖެހެން ނުޖެހޭ ކަމަށެވެ. ނަމަވެސް، މަޝްރޫއާ މެދު އޮތް ކަންބޮޑުވުންތައް އަންގަންޖެހޭ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

އޭގެ އިތުރުން، ރާއްޖޭގެ ސިޓީއެއް ބައިކުރަން ރައްޔިތުންގެ ގާތުން އެހިކަން ފާހަގަކުރައްވައި، މިވަރުގެ ބޮޑު ކަމެއްގައި ރައްޔިތުން ގާތުން އަހަން ނުކެރިގެން އުޅެނީ ކީއްވެގެންތޯ ފައްޔާޒް ސުވާލު އުފެއްދެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: