ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންނަށް ދިމާވާ ތަކުލީފުތައް ހައްލުކުރުމުގައި އަންހެނުންގެ ވިސްނުން މުހިންމު: ފައްޔާޒް

ހއ. އިހަވަންދޫގެ ރައްޔިތުންނާއި ފައްޔާޒް ބައްދަލުކުރެއްވުން ---- ފޮޓޯ| އަބްދުﷲ އިޔާން އިލްޔާސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންނަށް ދިމާވާ އެކި ތަކުލީފުތައް އަދި ގޮންޖެހުންތައް ހައްލުކުރުމުގައި އަންހެނުންގެ ވިސްނުން ވަރަށް މުހިންމު ކަމަށާއި އެމީހުންނަށް އެކަން ކުރެވޭނެ ކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ހއ. އިހަވަންދޫއަށް ވަޑައިގެން ބޭއްވި ސިޔާސާތު ވޯކްޝޮޕްގައި ފައްޔާޒް ވިދާޅުވީ އަންހެނުންނަށް ފުރުސަތު ދޭން ޖެހޭ ކަމަށެވެ. އެކަމާއި ހިންހަމަޖެހެވަޑައިނުގަންނަވާ ފަރާތްތައް ވެސް އުޅުއްވާނެ ކަމަށާއި، އެހެންނަމަވެސް އަންހެނުންނަށް އެ ފުރުސަތު ލިބިއްޖެނަމަ މައްސަލަތަކަށް ފަސޭހަކަމާއެކު ހައްލުތައް ގެނެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ފައްޔާޒް ވިދާޅުވިީ، ރައްޔިތުންގެ މަޖިލީހުގައި މަދުވެގެން 15 ވަރަކަށް މެމްބަރުން އަންހެނުން ތަމްސީލް ކުރައްވާނަމަ އެ ބަދަލު ފެންނާނެ ކަމަށެވެ.

މިސާލު ނަންގަވާ ފައްޔާޒް ވިދާޅުވީ މާލޭ ސަރަހައްދަށް ބެލި ނަމަވެސް ތޮއްޖެހުމުގެ ހައްލުވެސް އަންހެނުންނަށް ގެނެވިދާނެ ކަމަށެވެ. އަދި ދިރިއުޅުމުގައި ގިނަ ދަތިތައް ކުރިމަތިވަނީ އަންހެނުންނަށް ކަމަށާއި އެހެންކަމުން އެ ގޮންޖެހުންތައް ހައްލު ކުރެވޭނީ އެމީހުންނަށް ކަމަށް ފައްޔާޒް ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީހުންނާއި އަދި ކައުންސިލްތަކުގެ ތެރެއިންވެސް އެ ފުރުސަތު އަންހެނުންނަށް އޮންނަން ޖެހޭ ކަމަށް ފައްޔާޒް ވަނީ ފާހަގަކުރައްވާފައެވެ.

”އަންހެނުން ދާނީ މަގުމަތިން ސްކޫލަށް ކުދިން ގޮވައިގެންވެސް. އަހަރެމެން ފިރިހެނުން ދާނީ އަބަދުވެސް ކޮންމެވެސް ސައިކަލެއްގައި، ގޮސް ކޮންމެވެސް ތަނަކަށް ޕާކަށް ޖަހާލަފާނެ. އެހެންވީމާ އެމީހުންނަށް އެކަމަށް ހައްލު ގެންނަން މާ ފަސޭހަ ވާނެ“

މީގެ އިތުރުން ފައްޔާޒް ވަނީ ނިޒާމީ ބަދަލުތަކާ ގުޅިގެން ވާހަކަފުޅު ދައްކަވައި އަންނާނެ ބަދަލުތައް ބޮޑަށް ތަފްސީލް ކޮށްދެއްވާފައިވެއެވެ. އެގޮތުން ރައްޔިތުންގެ ކަންކަން ހައްލު ކުރުމުގައި ބޮޑު މަޖިލީހުގެ ދައުރާއި، ރައްޔިތުންގެ ބައިވެރިވުން އެކަމުގައި އޮންނާނެ މިންވަރު ވަނީ ތަފްސީލް ކޮށްދެއްވާފައެވެ.

ފައްޔާޒް ވިދާޅުވީ ކައުންސިލުން ރަށްރަށުގެ ކަންކަން ކުރުމަށް ދޫކޮށްލާއިރު، މައި ސަރުކާރުން ކުރަންޖެހޭނެ ކަމަކީ ބޮޑެތި ޕްރޮޖްކެޓުތައް ހިންގުމާއި އަދި ކައުންސިލްތަކަށް ބަޖެޓުތައް ދިނުމެވެ. އެކަމުގެ ސަބަބުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ކައުންސިލަށް ހިއްސާ ހައްލުކުރެވި ކަންކަމަށް އެދުމުގައި ފަސޭހަވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: