ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޭޕީން ވަކިވެ ނާޒިމް، ގާސިމަށް ފޮނުވި ސިޓީ: ބޭނުމީ ޕާޓީއެއް އުފައްދައިގެން ގައުމަށް ހިދުމަތް ކުރަން!

ރާއްޖެއިން ބޭރުގައި ހުންނެވުމަށް ފަހު ނާޒިމް އެނބުރި ރާއްޖެ ވަޑައިގެންނެވި ދުވަހު ޖޭޕީީގެ ލީޑަރު ގާސިމްއާއި އެކު
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ކުރިޔަށް ގެންދާކަން ރަސްމީކޮށް އިއުލާނުކޮށް، ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފި އެވެ.

ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް އެޑްރެެސްކޮށް ނާޒިމް ފޮނުއްވި ސިޓީއެއްގައި ބުނީ އޭނާ ބޭނުންފުޅުވަނީ ސިޔާސީ ޕާޓީއެއް އުފައްދައި، ގައުމަށް ހިދުމަތް ކުރުމަށް ކަމަށެވެ. އެހެން ކަމުން އެ މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް މިއަދުން ފެށިގެން ޖޭޕީން ވަކިވުމަށް ނިންމާފައިވާކަމަށް ވިދާޅުވި އެވެ.

ޖޭޕީގެ ޓިކެޓުގައި މަޖިލީހަށް ހޮވިވަޑައިގެންނެވި ނާޒިމްގެ ސިޓީގައި ވަނީ، ގާސިމްގެ ފަރާތުން އޭނާއަށް ލިބުނު އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު ދަންނަވާފަ އެވެ.

ނާޒިމްގެ އިތުރުން ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވެސް ވަނީ އެ ޕާޓިން ވަކިވެވަޑައިގެން ފައެވެ. ނާޒިމް ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރަނީ އަބްދުﷲ ރިޔާޒާއި އެކު އެވެ.

ކުރިޔަށް އޮތް ހަފްތާއެއްގެ ތެރޭގައި ޕާޓީގެ ރެޖިސްޓްރޭޝަންއަށް ހުށަހަޅާނެކަމަށް ބެލެވެ އެވެ. އަދި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ގާނޫނުގައި ބަޔާން ކުރާ 3،000 މެމްބަރުންގެ ސޮއި މިހާރު ހަމަކޮށްފައިވާކަމަށް މައުލޫމާތު ލިބެ އެވެ.

އެނގިފައިވާ ގޮތުން މި ޕާޓީއަކީ ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި، ނާޒިމާއި ގާތް ގުޅުމެއް އޮންނަ ބައެއް މެމްބަރުނާއި ގުޅިގެން އުފައްދާ ޕާޓީއެކެވެ. އަދި މަޖިލީހުގައި ތިއްބެވި ބައެއް އަމިއްލަ މެމްބަރުން ވެސް ޕާޓީއާއި ގުޅޭނެކަމަށް ވެއެވެ.

2020 ވަނަ އަހަރުގެ ކުރީ ކޮޅު ވެސް ނާޒިމާއި ރިޔާޒް ގުޅިގެން ޕާޓީއެއް އުފައްދާކަމުގެ އަޑުތައް ފެތުރުނެވެ. މީޑިއާތަކުން އެ ހަބަރުތައް ރިޕޯޓު ކުރުމުން ދެ ބޭފުޅުން ވެސް އެކަން ދޮގުކޮށް ވިދާޅުވީ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ނުކުރާ ކަމަށެވެ. ޕާޓީ އުފެއްދުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ފެށި ނަމަވެސް އެ މަސައްކަތް ހުއްޓުނީ، ކޮވިޑު-19 ގެ ސަބަބުންނެވެ. އެއަށްފަހު ކޮވިޑުގެ ހާލަތު ރަނގަޅުވެ އަނެއްކާވެސް ޕާޓީގެ މަސައްކަތް ފެށީ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 25%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: