ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފ. ނިލަންދޫއިން އާސާރީ ތަރިކަތަކެއް ފެނިއްޖެ

ފ. ނިލަންދޫއިން ފެނުނު އާސާރީ ހިރިގާ— ފޮޓޯ: ޓްވިޓާ
ޝެއާރކޮށްލާ ކަހަލަދޯ؟

ފ. ނިލަންދޫގެ ތާރީހީ މިސްކިތް ސަރަހައްދުން އާސާރީ ތަރިކަތަކެއް ފެނިއްޖެއެވެ.

މީގެކުރިންވެސް ބައެއް އާސާރީތަކެތި ފެނިފައިވާ ނިލަންދޫއިން މި ފަހަރު ފެނިފައިވަނީ ހަތަރެސް ބައްޓަމަށް އޮތް އެއް ފޫޓްގެ ބޮޑު ދެ ހިރި ގަލާއި ގަހަނާ އަޅަން ބޭނުންކުރާ ޒާތުގެ ދެ ފޮއްޓެކެވެ.

މިތަކެތީގެ ފޮޓޯ ޓްވިޓާގައި ހިއްސާކޮށްފައިވާ ފަރާތުން ބުނީ އެތަކެއްޗަކީ އިމާރާތްކުރާއިރު، ފައުންޑޭޝަން އެޅުމަށްފަހު އެޔާއެކީ ވަޅުލާ ބުދުދީން ރަމްޒުކޯށްދޭ ގާތަކެއް ކަމަށް ޒަވިއަރ ރޮމެރޯ ފްރިއަސް ކިޔާ ބޭފުޅަކު ވިދާޅުވެފައިވާކަމަށެވެ.

މިތަކެތި ފެނުމުން އެކަން ހެރިޓޭޖް މިނިސްޓްރީގެ ސަމާލުކަމަށް ގެނައުމުން މިނިސްޓަރ ޔުމްނާ ވަނީ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. އެކަމަނާ ވިދާޅުވީ އެތަކެއްޗަކީ ބުދު ދީނުގެ ބައެއް ކަންކަން ރަމުޒުކޮށްދޭ އެއްޗެހިކަމަށް ބެލެވޭކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: