ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓްރަނޯޓް ހައިޑީ މެރީ އާއި އެކު ގައުމީ ކުތުބުހާނާގައި މީޓް އެންޑް ގްރީޓެއް ބާއްވައިފި

ހެރިޓެޖް މިނިސްޓްރީ، އެމެރިކަން ސެންޓަރު އަދި ގައުމީ ކުތުބުހާނާ ގުޅިގެން ކުރިއަށް ގެންދިޔަ މީޓް އެންޑް ގްރީޓުގެ ތެރެއިން: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ގައުމީ ކުތުބުހާނާގައި ނާސާގެ ކުރީގެ އެސްޓްރަނޯޓެއްކަމަށްވާ ހައިޑީ މެރީ ސްޓެފަނިޝީން ޕައިޕާރ އާއި އެކު މީޓް އެންޑް ގްރީޓެއް ބާއްވައިފިއެވެ.

ދިވެހިރާއްޖޭގައި ހުންނަ އެމެރިކަން ސެންޓަރު އަދި ހެރިޓެޖް މިނިސްޓްރީގެ އިތުރުން ގައުމީ ކުތުބުހާނާ ގުޅިގެން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ގިނަ އަދަދެއްގެ ޒުވާނުންނާއި ތުއްތު އުމުރު ފުރައިގެ ކުދިން ބައިވެރިވެފައިވެއެވެ.

ޒުވާން ޖީލުތަކުގެ ތެރޭގައި ޖައްވީ ކަންކަމަށް ޝައުގު އުފެއްދުމުގެ ގޮތުން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ނާސާގެ ކުރީގެ އެސްޓްރަނޯޓް އަދި ނޭވީ ކެޕްޓަން ހައިޑީ މެރީ ވަނީ އެނާ މަސައްކަތުގެ ތެރެއަށް ވަދެެގެން އައި ގޮތް އަދި ނޭވީގައި ހޭދަ ކުރި ދުވަސްތަކުގެ އިތުރުން އެސްޓްރަނޯޓެއްގެ ގޮތުގައި ކޮށްފައިވާ މަސައްކަތްތަކާއި ކުރިމަތިލާފައިވާ ދަތިތަކާއި ގުޅޭގޮތުން މައުލޫމާތު ދީފައެވެ.

މީގެ އިތުރުން އެމެރިކަން ސެންޓަރުންވަނީ ހައިޑީ އާއި ސުވާލު ކުރުމަށް ފުރުސަތު ދީފައިކަމަށްވާއިރު، ހާޒިރުވެ ތިބި ކުދިންވަނީ ޖައްވީ ކަންކަމާއި ބެހޭގޮތުން އެ ކުދިންގެ ތެރޭގައި އުފެދިފައިވާ ސުވާލުތަށް ކޮށް އެނާގެ ފަރާތުން ޖަވާބުތައް ހޯދާފައެވެ.

ބައްދަލުވުން ނިންމާލާފައިވަނީ އެތަނަށް ހާޒިރު ކުދިންނަށް ހައިޑީ މެރީ އާއި އެކު ފޮޓޯ ނެގުމަށް ފުރުސަތުތަކެއް ދިނުމަށް ފަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: