ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑަށް ފަހު ރާއްޖޭގެ ފަގީރުކަން ތިންގުނަ އިތުރު: އެމެރިކާގެ ސީއައިއޭ

އެމެރިކާގެ ސްޓޭޓް ޑިޕާރޓްމަންޓްގެ އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ ސައުތު އެންޑް ސެންޓްރަލް އޭޝިއަން ‌‏އެފެއާޒް، ޑޮނާލްޑް ލޫ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް19 އަށް ފަހު ދިވެހިރާއްޖޭގައި ފަގީރުކަމުގެ މައްސަލަ ތިންގުނައަށް އިތުރުވެފައިވާކަމަށް އެމެރިކާގެ ސީއައިއޭއިން ބުނެފިއެވެ.

ސީއައިއޭއިންވަނީ އެ އިދާރާގެ ވެބްސައިޓުގައިވާ ދިވެހިރާއްޖެއާއި ގުޅޭ މައުލޫމާތުތައް 2024 ވަނަ އަހަރުގެ ޖެނުއަރީ 31ގައި އަޕްޑޭޓްކޮށްފައެވެ. ރާއްޖެއާއި ގުޅޭގޮތުން ޝާއިއުކޮށްފައިވާ ގިނަ މައުލޫމާތުތަކެއް ހިމެނޭއިރު، ރާއްޖޭގެ އިގްތިސާދީ ހާލަތާއި ގުޅޭގޮތުންނާއި އެހެނިހެން ދާއިރާތަކާއި ގުޅޭގޮތުންވެސް މި ލިއުމުގައި އަލިއަޅުވާފައިވެއެވެ.

ސީއައިއޭއިން ބުނެފައިވާގޮތުން ރާއްޖެއަކީ މަތީ މެދުފަންތީގެ އާމްދަނީއެއް ލިބޭ އިންޑިއާ ކަނޑުގެ ސަރަހައްދުގައި އޮންނަ ގައުމެކެވެ. އަދި އިގްތިސާދުގެ މައި ސިނާއަތުތަކަކީ ފަތުރުވެރިކަމާއި މަސްވެރިކަމުގެ އިތުރުން ޝިޕިންގްކަމަށް ބުނެފައިވާއިރުަ، އިންތިހާއަށް ދަރަނީގެ މައްސަލަ ބޮޑުވެފައިވުމުގެ ސަބަބުންނާއި، ކޮރަޕްޝަންގެ އިތުރުން ކޮވިޑް 19 ފަދަ ކަންކަމުގެ ސަބަބުން ދިވެހި އިގްތިސާދު އޮތީ އިންތިހާއަށް ހީނަރުވެފައިކަމަށް ބުނެފައިެއެވެ. އަދި ރާއްޖޭގައި ފަގީރުކަމުގެ ނިސްބަތް ތިންގުނަވެފައިވާކަމަށްވެސް ހިއްސާކޮށްފައިވެއެވެ.

ސީއައިއޭއިންވަނީ ދިވެހިރާއްޖެއަށް ލިބޭ އާމްދަނީއާއި އަޅާ ބަލާ ކުރަމުންދާ ހަރަދުތައްވެސް ބޮޑުތަނުން މަަތީގައި ހުންނަކަމަށް އަލިއަޅުވާފައެވެ. އެގޮތުން މިސާލެއްގެ ގޮތުގައި 2020 ވަނަ އަހަރު ދައުލަތުގެ އާމްދަނީ 993 މިލިއަންގައި ހުރި އިރު، ހަރަދުތައް ހުރީ 1.8 ބިލިއަންގައިކަމަށް ފާހަގަކޮށްފައިވެއެވެ.

ސީއައިއޭއިން ބުނެފައިވާގޮތުން، ދިވެހިރާއްޖޭގެ އިގްތިސާދު ފަތުރުވެރިކަމަށް ބަރޯސާވެފައިވާ މިންވަރު ބޮޑުކަމުގެ ސަބަބުން ޕެންޑެމިކްގެ ސަބަބުން ބޮޑެތި ގެއްލުންތައް ލިބުނުކަމަށެވެ. އަދި ރާއްޖެ ލޮކްޑައުންކުރީ އެހެން ގައުމުތަކާއި އަޅާ ބަލާއިރު މަދު ދުވަސްކޮޅަކަށް ކަމަށްވާއިރު، އަހަރެއްހާ ދުވަހަށް ވައިގެ ދަތުރުފަތުރު ހުއްޓިފައި އޮތުމުން ދިވެހިރާއްޖެއަށް އެކަމުގެ ސަބަބުން ބޮޑެތި ނޭދެވޭ އަސަރުތައް ކުރިކަމަށާއި ޖީޑީޕީ 32 އިންސައްތައިން ވެއްޓުމަށްވެސް ދިމާވިކަމަށް ބުނެފައިވެއެވެ.

އެހެންނަމަވެސް ޖެހިގެން އައި އަހަރު ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތު މަޑުމަޑުން ރަނގަޅުވެގެން އައިކަމަށާއި، ނަމަވެސް އަދިވެސް ކުރިން ހާސިލުކުރަމުންދިޔަ މަންފާތައް ހާސިލުކުރުމަށް ދިވެހިރާއްޖޭގެ މައި އިގްތިސާދީ ދާއިރާތަކަށް ވަގުތު ނެގުން އެކަށީގެންވާކަމަށާއި އަހަރުތަކެއް ވެގެންދިއުންވެސް އެކަށީގެންވާކަމަށް މީގެ ކުރިން އަންދާޒާކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: