ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒުވާނުންނަށް ވަޒީފާ ފަހިކުރުމަށް 5 މިލިއަން ހަރަދުކުރިން: އެމެރިކާގެ ސްޓޭޓް ޑިޕާޓުމެންޓް

ރައީސް ސާލިހު، ފަސްޓްލޭޑީ ފަޒްނާ އަދި ހޯމް މިނިސްޓަރު އިމްރާން: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމެރިކާގެ ޔޫއެސްއެއިޑްއިން ރާއްޖޭގައި ޒުވާނުންނަށް ފުރުސަތުތައް ފަހިކުރުމުގެ ގޮތުން ރާއްޖޭގެ ހޯމް މިނިސްޓްރީ އާއި ގުޅިގެން ފަސް މިލިއަން ޑޮލަރުގެ ޕްރޮގްރާމެއް ހިންގިކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓުމެންޓުން ބުނެފިއެވެ.

ޓެރަރިޒަމްގެ މައްސަލައާއި ގުޅޭ މައުލޫމާތު ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި އެ ޑިޕާޓުމެންޓުންވަނީ ރާއްޖޭގައި އެކަމާއި ދެކޮޅަށް ކުރެވެމުންދާ މަސައްކަތްތަކަށް އަލިއަޅުވާފައެވެ. އެގޮތުން ސަރުކާރުންދަނީ ބޭރުގެ ގައުމުތަކާއިއެކު މަސައްކަތްތައްކޮށް ކައުންޓަރ ޓެރަރިޒަމް މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމްކަމަށާއި ކައުންޓަރ ޓެރަރިޒަމް ފައިނޭންސިންގް ހޯދުމުގެ މަސައްކަތްތައްވެސް ކުރަމުންދާކަމަށެވެ. އަދި ރާއްޖޭގައި ކުރެވެމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ކޮންސަލްޓޭޝަން ދިނުމާއި ގައުމަށް އެނބުރި އަންނަ ހަނގުރާމަވެރިންނާއި އާއިލާތައް އަނބުރާ މުޖުތަމައުގެ ތެރެއަށް ވެއްދުމާއި ގުޅޭ ވޯކްޝޮޕްސްތައްވެސް ހިންގާކަމަށް ބުނެފައިވެއެވެ.

ސްޓޭޓް ޑިޕާޓުމެންޓުން ބުނެފައިވާގޮތުން ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ޔޫއެންޑީޕީ އަދި ޔޫއެން އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމްގެ އިތުރުން ޔޫއެން ކައުންޓަރ ޓެރަރިޒަމް އެކްސެކިއުޓިވް ޑިރެކްޓަރޭޓް އާއިއެކުވެސް މަސައްކަތްތައް ކޮށްފައިވާކަމަށާއި މަގުސަދަކީ ރާއްޖޭގެ ސަލާމަތީ ހިދުމަތްތަކުގެ ގާބިލުކަމާއި ރާއްޖޭގެ ޝަރުއީ ދާއިރާގެ އިތުރުން ޖަމިއްޔާތަކުގެ ގާބިލުކަންވެސް އިތުރު ކުރުންކަމަށެވެ.

އެގޮތުން ޔޫއެސްއެއިޑް އިންވަނީ 2020 ވަނަ އަހަރުގެ ތެރޭގައި ރާއްޖޭގެ ހޯމް މިނިސްޓްރީއާއި ގުޅިގެން ހެކީގެ މައްޗަށް ބަރޯސާވާ ދިރާސާއެއްކޮށް ވަޒީފާގެ ފުރުސަތާއި ތައުލީމުގެ ފުރުސަތުގެ ޒުވާނުންނަށް ފަހިކޮށްދިނުމުުގެ ގޮތުން ފަސް މިލިއަންގެ ޕްރޮގްރާމެއް ހިންގާފައިކަމަށާއި އެމެރިކާގެ ޓްރެޝަރީ އޮފީސް އޮފް ޓެކްނިކަލް އެސިސްޓެންސްއިން އެމްއެމްއޭއާއިކު ކައުންޓަރ ޓެރަރިސްޓް ފައިނޭންންސިންގް އާއި ގުޅޭ މަޝްވަރާތައް ކޮންމެ ހަތަރު މަހަކުން ކުރަމުންދާކަމަށްވެސް ބުނެފައިވެއެވެ.

ރިޕޯޓުގައިވާގޮތުން ޔޫއެސް ޑިޕާޓުމެންޓް އޮފް ޖަސްޓިސްއިންވެސްވަނީ ރާއްޖޭގައި ކައުންޓަރ ޓެރަރިޒަމް އާއި ގުޅޭ މަސައްކަތްތަކެއް ކޮށްފައެވެ. އަދި އިންޓަރނޭޝަނަލް ކްރިމިނަލް އިންވެސްޓިގޭޝަން ޓްރެއިނިންގް ޕްރޮގްރާމްގެ އެޑްވައިޒަރަކުވަނީ ރާއްޖޭގެ ޖަލުތަކުގައި ގައިދީން ގެންގުޅޭނެ ގޮތްތަކާއި ގުޅޭ ހަރަކާތްތަކެއްވެސް ހިންގާފައިކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: