ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއާއި ދެމެދު ގުޅުން ބަދަހިކުރަން އަހައްމިޔަތުކަން ދެން: އެމެރިކާ

މީގެ ދުވަސްތަކެއް ކުރިން ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއާއި އެކު ގުޅުންތައް ދެމެހެއްޓުމަށާއި ބަދަހިކުރުމަށް އަހައްމިއްޔަތު ދޭކަމަށް އެމެރިކާއިން ބުނެފި އެވެ.

ދިވެހިރާއްޖޭގެ އައު ސަރުކާރާއިއެކު މަޝްވަރާތަކެއް ކުރެއްވުމުމުގެ ގޮތުން ރާއްޖެއަށް ކުރެއްވި ޒިޔާރަތަށްފަހު އެމެރިކާގެ އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓް ޑޮނަލްޑް ލޫވަނީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރާއިއެކު ކުރިއަށް ގެންދެވި ބައްދަލުވުމާއި ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވާފައެވެ.

ޑޮނަލް ލޫ ވިދާޅުވީ، ރާއްޖެއާއިއެކު އިތުރަށް ގުޅުން ވަރުގަދަ ކުރުމަށް އެމެރިކާއިން ޝައުގުވެރިވާކަމަށާއި އެކަމަށް އަހައްމިއްޔަތުދޭކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖެއަކީ އިންޑިއާ ކަނޑުގެ ސަރަހައްދުގައި މިނިވަންކަމާއި ރައްކައުތެރިކަން ކަށަވަރުކުރުމުގެ މުހިންމު ބައިވެރިއެއްކަމަށެވެ.

އެމެރިކާއިން ރާއްޖެއާއިއެކު ކުރިއަށް ދިއުމަށް ތައްޔާރުކަން ހިއްސާކޮށްފައިވަނީ ދިވެހިރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅިގެން ރާއްޖޭގެ ސަލާމަތީ ކަންކަމާއިމެދު ބައެއް ސުވާލުތައްވެސް އުފެދިފައިވަނިކޮށްކަމަށްވާއިރު، ޗައިނާއިން އިންޑިއާ ކަނޑުގެ ސަރަހައްދުގައި ބާރުވެރިކަން ހާސިލުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން ދެ ގައުމުގެ ދެމެދު މައްސަލަތަކެއް އުފެދިގެންދިއުމުގެ ފުރުސަތު އޮތްކަމަށް މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.

ސެކްރެޓަރީ ލޫ ރާއްޖެއަށް ކުރެއްވި ޒިޔާރަތުގައި ރައީސް ޑރ މުއިއްޒުއާއި ބައްދަލުކުރެއްވިއިރު، ސަރުކާރުގެ އެހެން އިސްވެރިންވެސް ހިމެނޭހެން ކުރިއަށް ގެންދިޔަ ބައްދަލުވުންތަކުގައި އެ ގައުމާއިއެކު ދިފާއީ މަސައްކަތްތައް ކުރުމާއި އިގްތިސާދީ މަސައްކަތްތައް ކުރުމުގެ އިތުރުން ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު ހަރުދަނާކުރުމަށްވެސް ގުޅިގެން މަސައްކަތްތައް ކުރުމާއިމެދު މަޝްވަރާތައްކޮށްފައިވެއެވެ. އަދި ރާއްޖޭގައި ބިނާކުރަމުންދާ އެމެރިކާގެ އެމްބަސީއާއި ގުޅޭގޮތުންވެސް މަަޝްވަރާތައް ކުރެވުނުކަމަށްވާއިރު އެކަމުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދެވޭނެކަމަށް މީޑިއާތަކަށް މައުލޫމާތު ދީފައިވެއެވެ.ަަަަަަަަަަަަަަަަަަަަަ

ސެކްރެޓަރީ ލޫ ރާއްޖެއަށް ކުރެއްވި ޒިޔާރަތުގައި މަދަނީ ޖަމިއްޔާތަކުގެ މެމްބަރުންނާއިވެސް ބައްދަލުކުރެއްވިއިރު، ދިވެހިރާއްޖޭގެ ހަޔަރ އެޑިއުކޭޝަން ދާއިރާގެ އިސްވެރިންނާއި އެކުވެސް މަސައްކަތްތައް ކުރުމާއި ގުޅޭގޮތުން މަޝްވަރާތައް ކުރެއްވުމަށް ބައްދަލުވުންތައް ކުރިއަށް ގެންދެވިކަމަށް ރާއްޖޭގެ ސަރުކާރުންވެސް ހިއްސާކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: