ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި އީދުގައި އިސްކަން ދޭންޖެހެނީ ގުޅުންތައް ދެމެހެއްޓުމަށް: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

ބައިބައިވުން އެއްފަރާތްކޮށް ގުޅިގެން މަސައްކަތް ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިލްތިމާސްކުރައްވައިފިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އަލްހާ އީދުގެ ތަހުނިޔާ ފޮނުއްވާ އާންމު ކުރެއްވި ބަޔާނެއްގައެވެ.

ރައީސްގެ ބަޔާނުގަައި ވިދާޅުވީ މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުގެ އަލްހާ އީދާވެސް ބައްދަލުކުރަން ޖެހުނީ މުޅި ދުނިޔެއަށް ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ކަމުން އެންމެ ފުރިހަމަ ގޮތުގައި އީދުގެ އުފާ ފާޅުކުރުމަށް ކޮވިޑް ވަބާގެ ސަބަބުން ހުރަސްއެޅިފައިވާ ކަމަށެވެ. އެހެންނަމަވެސް މާތްވެގެންވާ އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ މިފަދަ މަތިވެރި މުނާސަބާތަކުގެ ޒަރީއާއިން، ދޭދޭ ގުޅުންތައް ބަދަހިކޮށް އުފާވެރިކަމާއި އެކުވެރިކަމުގައި ދެމިތިބުމުގެ ފުރުސަތު، މާތް ﷲ ވަނީ ތަނަވަސް ކޮށްދެއްވައިފައި ކަމަށް ވިދާޅުވިއެވެ.

”ކޮވިޑްގެ ހިތި ތަޖުރިބާތައް އަޅުގަނޑުމެންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެނުވާފައިވާ މި ދަނޑިވަޅުގައި އެންމެ މުހިންމު އިސްކަމެއް ދޭންޖެހިފައިވަނީ އާއިލީ ގުޅުންތައް ބަދަހިކުރުމަށާއި ރަހްމަތްތެރިކަމާއި އެކުވެރިކަމުގެ ގުޅުންތައް އާލާކޮށް ދެމެހެއްޓުމަށެވެ. އިސްލާމްދީނުގައި ކަނޑައަޅާފައިވާ ދެ އީދަކީވެސް މުސްލިމުންގެ މެދުގައިވާ އެކުވެރިކަމާއި އެއްބަނޑުއެއްބަފާކަމުގެ ގުޅުން އިތުރަށް ބަދަހިކޮށް ހިތްހެޔޮކަމާއެކު އެކަކު އަނެކަކާ ބައްދަލުކޮށް ހާލުއަހުވާލު އޮޅުންފިލުވައި އުޅުމަށް ހާއްސަ ދެ މުނާސަބަތެކެވެ. އެހެންކަމުން ކޮންމެ މީހަކުވެސް މިއަދު އަވަސްވެގަންނަންވީ ގާތްތިމާގެ މީހުންނަށާއި އެކުވެރި ރަހްމަތްތެރިންނަށާއި އެންމެހައި މުސްލިމުންނަށް އީދުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުވުމަށެވެ. ވަކިން ހާއްސަ ގޮތެއްގައި އާއިލާގައި ތިބި އުމުރުން ދުވަސްވީ މާމައިންނާއި ކާފައިން އަދި މައިންބަފައިންނަށް ޒިޔާރަތްކޮށް އެމީހުންގެ ހާލުއަހުވާލު އޮޅުންފިލުވައި އެމީހުންނާ އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލުމަށެވެ،“

ރައީސްގެ ބަޔާނުގައި ވިދާޅުވީ އަލްހާ އީދަކީ ހައްޖުގެ އަޅުކަމާ ވިދިގެން އަންނަ އުފާވެރި މުނާސަބަތަކަށްވާއިރު ހައްޖުގެ އަޅުކަމާއި އަލްހާ އީދުގެ އުފާ ފާޅުކުރުމާ ދެމެދުގައި އޮތް ގުޅުމާ މެދު ވިސްނުން ހިންގައި އެ ގުޅުން ދެމެހެއްޓުމަށް ހާއްސަ އިސްކަމެއް ދޭންޖެހޭ ކަމަށެވެ. އަދި އީދުގެ އުފާފާޅުކުރުންތައް ލައްވާފައިވަނީ ގުޅުންތަކަށް އަންނަ ހީނަރުކަން ނައްތާލައި އެ ގުޅުންތައް އަލުން ބަދަހިކުރުމަށް ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން އީދުގެ އުފާ ފާޅުކުރުމުގައިވެސް އެންމެ ބޮޑު އިސްކަމެއް ދޭންޖެހިފައިވަނީ ގައުމީ އެއްބައިވަންތަކަށް އާލާކޮށް މުޖުތަމައުގެ ހަމަޖެހުމާއި ސުލްހަވެރިކަން ދެމެހެއްޓުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިއަދު ކުރިމަތިލާންޖެހިފައި މިވާ ކޮވިޑްގެ ދަތި އުނދަގޫތަކުން އަރައިގަތުމުގައިވެސް އެންމެ ވަރުގަދަ ބާރަކީ ދިވެހިންގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން ކަމަށްވުމުން އީދުގެ އުފާ ފާޅުކުރާއިރު ގައުމީ ފެންވަރުގައި ވިސްނުން ހިންގަން ޖެހިފައިވަނީ ބައިބައިވުންތަކާއި ދެކޮޅުވެރިކަމުގެ އެންމެހައި ވިސްނުންތައް އަޅުގަނޑުމެންގެ ސިކުނޑިތަކުން އެއްފަރާތްކޮށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: