ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިސްބާހު މާލެ އައުމުން ފުލުހުންގެ ބެލުމުގެ ދަށަށް، ކަރެކްޝަންސްއާއި ހަވާލު ކުރަނީ!

މިސްބާހް މުހައްމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ޕާކިސްތާނުގައި ޑްރަގް ނެޓްވޯކަކުން ”ރަހުނުކޮށްފައި“ ހުރިކަމަށް ބުނާ ހދ. ނޮޅިވަރަންފަރު، މޯނިނސަން، މިސްބާހް މުހައްމަދު މިއަދު މާލެ އައުމުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ވީނުވީއެއް ނޭނގި ގެއްލިގެން، މިސްބާހު ހޯދަން ފުލުހުން އިއުލާނު ކުރީ މިދިޔަ މޭއި 14 ގަ އެވެ. މީޑިއާތަކުން މިސްބާހު އާއި ބެހޭ މައުލޫމާތުތައް ރިޕޯޓު ކުރަން ފެށުމުން ފުލުހުން ބުނީ، އޭނާއަކީ މަސްތުވާތަކެތީގެ ބޮޑު ނެޓުވޯކަކާއި ގުޅުން އޮތް މީހެއް ކަމަށެވެ. އަދި އޭނާ ރާއްޖެ ދޫކޮށް ދިޔައީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އަދި މިސްބާހު އަކީ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އައްޑޫ ހުޅުދޫ ދޭލިޔާގޭ, އިރުފާން ތަގިއްޔު އާއި އެކު ފުރައިގެން ދިޔަ މީހެއްކަމަށް ބުންޏެވެ. ފުލުހުން ބުނީ ޕާކިސްތާނަށް ދިއުމަށް ފަހު ނޮވެމްބަރު 22 ގައި އިރުފާން އެނބުރި ރާއްޖެ އައި ކަމަށެވެ. ނަމަވެސް އޭނާއާއި އެކު މިސްބާހު ނާންނަކަމަށް މައުލޫމާތު ދިނެވެ.

އޭގެ ފަހުން ފުލުހުން އިރުފާނާއި އިތުރު 10 މީހެއް ހައްޔަރު ކުރީ، މިދިޔަ ޑިސެމްބަރު މަހު މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން ”މަސްޖަރީ ދޭއް“ ކިޔާ ދޯންޏެއްގައި ކަނޑު މަގުން ރާއްޖެއާށް 72 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގަ އެވެ.

ފުލުހުން ބުނީ މިސްބާހު ޕާކިސްތާނަށް ދިޔައީ، ރާއްޖެ އެތެރެކޮށްފައިވާ މަސްތުވާތަކެތީގެ ފައިސާގެ މުއާމަލާތް ނިމެންދެން ކަމަށެވެ. އަދި އިރުފާންއަށް މަސްތުވާތަކެތި ފޮނުވި ނެޓުވޯކުގެ ބެލުމުގެ ދަށުގައި އޭނާ ހުރީ ”ރަހުނެއްގެ“ ގޮތުގައިކަމަށެވެ.

މައްސަލައިގައި މިރޭ ފުލުހުން މީޑިއާތަކަށް ބުނެފައި ވަނީ މިސްބާހު މިއަދު މާލެ އައުމާއި އެކު އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މިވަގުތު ކުރަމުން ދަނީ އޭނާ ކަރެކްޝަނާއި ހަވާލު ކުރުމަށް، ފުރިހަމަ ކުރަންޖެހޭ ކަންތައް ކަމަށެވެ.

އިރުފާން ޕާކިސްތާނަށް ދިޔަ މައްސަލަ ތަހުގީގު ކުރާނީ ވަކި މައްސަލައެއްގެ ގޮތުގައިކަމަށް ފުލުހުން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: