ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލުން އެންގި ގޮތަށް މަގު ހުހެއް ނުކުރެވޭނެ، އެއީ ފަސޭހަކަމެއް ނޫން: ޝާހު

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ޝާހު
ޝެއާރކޮށްލާ ކަހަލަދޯ؟

ފިޔަވަޅުތައް ވަރުގަދަކުރުމަށްފަހު ސިޓީ ކައުންސިލުން ހުޅުވުމަށް މާލެ ވޯޓާ އެންޑް ސިވަރެޖް ކޮމްޕެނީ(އެމްޑަބްލިއުއެސްސީ) އަށް އެދުނު މަގުތައް ހުޅުވުމަކީ ފަސޭހަކަމަކަށް ނުވާނެކަމަށް އެކުންފުނީގެ އެމްޑީ ހަސަން ޝާހު ވިދާޅުވެއްޖެއެވެ.

ޝާހު މިފަދައިން ވިދާޅުވީ މާލެ ސިޓީ ކައުންސިލުން އެމްޑަބްލިއުއެސްސީ ކުންފުނީގެ ބެލުމުގެ ދަށުގައިވާ މަގުތައް ހުޅުވާލުމަށް އެންގުމާއި ގުޅިގެންނެވެ.

އެތަނަކީ ތެޔޮ ރައްކާކުރުމަށް އެކުންފުނިން ހަދާފައިވާ ތަނެއްކަން ފާހަގަކުރައްވައި “ސަންގު” އަށް ދިން އިންޓަވިއުއެއްގައި ޝާހު ވިދާޅުވީ، އެތަން ހެދުމަށް މެދުވެރިވީ މީގެ ކުރިން އެމްޑަބްލިއުއެސްސީގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާގެ ސަބަބުން، އެމްއެންޑީއެފްގެ ލަފަޔާއި އިރުޝާދުގެ މަތިންކަމަށެވެ.

އަދި އެސަރަހައްދުތަކުގައި އެ ކުންފުނީގެ އިތުރު މުހިންމު އިންފްރާސްޓްރަކްޗާތައް ހިމެނޭކަމަށާއި، އެ ތަންތަނަަކީ ކޮންމެހެން ރައްކާތެރިކަމާއިއެކު ބަލަހައްޓަންޖެހޭ ތަންތަންކަމަށް ޝާހު ވަނީ ވިދާޅުވެފައެވެ. އަދި ޓެރަރިޒަމް ފަދަ ނުރައްކާތެރި ދަނޑިވަޅަކަށް ތަން ނުދިނުމަށް އެމްއެންޑީއެފްއާއި، ފުލުހުންގެ އިތުުރުނ،ް ސްޓިއަރިން ކޮމިޓީތައް އުފައްދައި އެ އިދާރާތަކާއި މަޝްވަރާކޮށް އިތުރު ފިޔަވަޅުތައް އެޅުމަށާއި އެކަންކަން ބެލުމަށް އަންގާފައިވާކަމަށް ޝާހު ވަނީ ވިދާޅުވެފައެވެ.

އަދި މިފަދައިން ފިޔަވަޅުތައް ވަރުގަދަކުރުމަށްފަހު އެއް މަސްދުވަހުގެ ތެރޭގައި ސިޓީ ކައުންސިލުން އެދޭ ކަންކަން ކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެކަމަށް ޝާހު ވިދާޅުވިއެވެ. މިކަން މިހެން ކުރުމުގައި ދަތިތަކެއް ވާކަން ސިޓީ ކައުންސިލާއި ހިއްސާކުރަމުން ގެންދާކަމަށްވެސް ޝާހު ވަނީ ވިދާޅުވެފައެވެ.

މިގޮތުން މާލެ ސިޓީ ކައުންސިލަށް މިކަމާއި ގުޅޭގޮތުން ސިޓީއެއް ފޮނުވާފައިވާނެކަމަށާއި، އެސިޓީގައި އެތަން ބޭނުންކުރާ ބޭނުމާއި، އެތަނާއި ބެހޭ އިތުރު މައުލޫމާތާއި، އެތަނުގައި ކުރިއަށް ގެންދާ މަސައްކަތްތައް ސިޓީ ކައުންސިލްގެ ބޭފުޅުންނަށް ބައްލަވާލެއްވުމުގެ ފުރުސަތަށް ހުށަހަޅާފައިވާނެކަމަށް ޝާހު ވިދާޅުވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: