ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޭގެއަށް ގޮސް ކުނި ނެގުމުގެ މަސައްކަތް ކުރަން ވެމްކޯއާއި އެކު މަޝްވަރާ ކުރެވުނު: މުއިއްޒު

މާލޭގެ ލޭންޑްޔޫސް ޕްލޭން އެކުލަވާލުމާ ގުޅޭގޮތުން ބޭއްވި ބައްދަލުވުމުގެ ތެރެއިން މޭޔަރު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

 

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން ގޭގެއަށް ގޮސް ކުނި ނުނަގާނެ ކަމަށް ބުނި ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށް މާލޭ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މޭޔަރު މިހެން ވިދާޅުވީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން ގޭގެއަށް ގޮސް ކުނި ނަގާނެ ކަމަށް ބުނެ އެ ކޯޕަރޭޝަނުން ނޫސްބަޔާނެއް އާންމު ކުރުމާއި ގުޅިގެންނެވެ.

އަންނަ ހަފްތާއިން ފެށިގެން ކުރިއެކޭ އެއްގޮތަށް، ވެމްކޯއިން ގޭގެއަށް ވަދެ ކުނި ނަގަން ފަށާނެކަމަށް ޑރ. މުއިއްޒު ވިދާޅުވުމާއި ގުޅިގެން ވެމްކޯ އިން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އެކުންފުނިން ކުނި ނެގުމުގައި ކަންތައް ކުރާ ގޮތަށް ބަދަލު ގެނެސްފައިވާކަމަށް ބުނެ ދައްކަމުންގެންދާ ވާހަކަތަކަކީ ދޮގުވާހަކަތަކެއް ކަމަށެވެ.

ހަމައެހެންމެ އެފަދަ ބަދަލެއް ގެންނަނަމަ، އިސް އިދާރާތަކާއި މަޝްވަރާކޮށް ރައްޔިތުންނަށް އަންގައި އިއުލާނު ކުރާނެކަމަށް ވެސް ބުންޏެވެ.

މާލޭގެ ދައިރާތަކުގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި މުއިއްޒު ދެއްކެވި ވާހަކަތަކާއި ގުޅިގެން ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ކުރެއްވި ޓްވީޓެއްގައި ވެސް ވިދާޅުވީ އެފަދަ އެއްވެސް ނިންމުމެއް އަދި ނެތް ކަމަށެވެ. އަދި ބަލެއް ގެންނާނެނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ލަފާތަކުގެ މަތީންކަން ވެސް ފާހަގަ ކުރި އެވެ.

މި ޓްވީޓަށް ރައްދު ދެއްވައި މުއިއްޒު ވިދާޅުވީ، މާލެ ސިޓީ ކައުންސިލާއި އެކު މިފަދައިން އެކުންފުނީގެ މަސައްކަތްތަކަށް ބަދަލުގެންނާނެކަމަށް މަޝްވަރާކުރުމަށްފަހު، ދޮގު ބަޔާނެއް އާއްމު ކުރުމަކީ ވަރަށްވެސް ޒިންމާދާރުކަން ކުޑަގޮތަކަށް ހިންގި އަމަލެއް ކަމަށެވެ.

އަދި ކުރިއެކޭވެސް އެއްގޮތަށް، ގޭގެއަށްވަދެ ކުނި ނަގަން ފަށާނެކަމަށް އެއްބަސްވެ ދެ ފަރާތުން ވާހަކަދެކެވުނުކަން ފާހަގަކުރައްވައި ޑރ.މުއިއްޒު ވަނީ އެދެމެދުގައި ވެވުނު އެއްބަސްވުމުގެ ފޮޓޯއެއް އާންމުކުރައްވާފައެވެ.

މީގެއިތުރުން ކޮންމެ މަހަކު ވެމްކޯ އަށް ކައުންސިލުން ކުރަންޖެހޭ ޚަރަދު ބޮޑުކަން ފާހަގަކުރައްވައި ކައުންސިލާއި ވެމްކޯ އާއި ދެމެދު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް މާލޭގެ ކުނި ނެގުމާއި މެނޭޖްކުރުން ކުރިޔަށް ނުގެންދާކަމަށް ވިދާޅުވެފައިވާއިރު، ޑރ.މުއިއްޒު ވެމްކޯއަށް ކައުންސިލުން ކުރަންޖެހޭ ހަރަދުތަކުގެ ފޮޓޮއެއް ވެސް ޓްވީޓްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: