ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެމްކޯއިން މަސައްކަތް ކުރަނީ ކައުންސިލަށް ގެއްލުން ދިނުމަށް: މޭޔަރ އާޒިމް

މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް -- ފޮޓޯ: މާލޭ ސިޓީ ކައުންސިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން މަސައްކަތް ކުރަމުން ދަނީ މާލެ ސިޓީ ކައުންސިލަށް ގެއްލުން ދިނުމުގެ ނިޔަތުގައި ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މޭޔަރ އާޒިމް މިހެން ވިދާޅުވީ ބުދަ ދުވަހު ބޭއްވި މާލޭ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 12 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ. އެ ޖަލްސާގައި މާފަންނު އުތުރު ދާއިރާގެ ކައުންސިލް މެންބަރު ޙުސެއިން ފުރުޝާން ހުށައެޅުއްވި މައްސަލައަކާ ގުޅިގެން ވާހަކަފުޅު ދައްކަވަމުން މޭޔަރު ވަނީ ވެމްކޯގެ އަމަލުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މޭޔަރު ވިދާޅުވީ، މާލެ ސިޓީ ސަރަހައްދުގައިވާ މިސްކިތްތަކުން ކުނި ނެގުމަކީ ވެސް ވެމްކޯގެ ޒިންމާއެއް ކަމަށެވެ. ނަމަވެސް، އެ ކުންފުނިން ނަގަން ޖެހޭ ކުންޏެއްގެ ސަބަބުން ކައުންސިލްގެ އަތުން އިތުރު ފައިސާ ނެގުމަކީ ބޭއިންސާފުން ކުރަމުންދާ ކަމެއްގެ ގޮތުގައި މޭޔަރު ސިފަކުރެއްވިއެވެ.

މީގެ އިތުރުން، ވެމްކޯއާއެކު މަސައްކަތް ކުރުމަކީ މިހާރު ވަރަށް އުނދަގޫ ކަމެއް ކަމަށް މޭޔަރު ފާހަގަކުރެއްވިއެވެ. އެގޮތުން މީގެ ކުރިން ދެ ފަރާތުގެ ދެމެދުގައި ބޭއްވުނު ބައްދަލުވުމުގައި ވެވުނު އެއްބަސްވުންތަކާ އެއްގޮތަށް ވެމްކޯއިން އަމަލުކުރަމުން ނުދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މާލެ ސިޓީގެ މަގުތަކާއި ސަރަހައްދުތައް ގޮނޑުވެ، ހަޑިވަމުންދާ މައިގަނޑު ސަބަބަކީ ވެމްކޯގެ އިހުމާލުކަމަށް ތުހުމަތުކުރައްވަމުން މޭޔަރު އާޒިމް ވިދާޅުވީ، އެ ކޯޕަރޭޝަނުން ގަސްދުގައި ސިޓީ ކައުންސިލަށް ދަތިކޮށް ގެއްލުން ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މޭޔަރ އާޒިމް މިހެން ވިދާޅުވެފައިވާއިރު، ތިލަފުށީގައި ދާދިފަހުން ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މެދުކެނޑުނު ވެސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ޚިދުމަތްތައް، މިމަހުގެ 1 ވަނަ ދުވަހު ވަނީ ފަށާފައެވެ. މީގެ ކުރިން ތިލަފުށީގެ ހާދިސާއާ ގުޅިގެން ކުނި އުކާލުމުގައި ދަތިތަކެއް ކުރިމަތިވެ، މާލޭގެ ބައެއް ސަރަހައްދުތަކުގައި ކުނި ގިނަވެފައިވާކަން ފާހަގަކުރެވިފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: