ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަކަރުން ފައިސާ ހޯދި މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަނީ

މަކަރާއި ހީލަތުން ފައިސާނެގި މައްސަލައިގައި ހޯދާ މީހާ
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ޕޮލިސް ސާވިސްއިން، މަކަރާއި ހީލަތުން މީހެއްގެ އަތުން ގިނަ އަދަދަކަށް ފައިސާ ނެގި މައްސަލައެއް ތަހުގީގުކުރުމަށް މީހަކު ހޯދަން އާންމުންގެ އެހީއަށް އެދިއްޖެއެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުން ބުނީ އޭނާ ހޯދުމަށް އިއުލާނުކޮށްފައިވަނީ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީކަމަށެވެ. އަދި ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ތަހުގީގަށް އޭނާ ހާޒިރުވުމަށް އެންގުމުގެ ގޮތުން ކަމަށެވެ.

ތަހުގީގަށް ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަނގާފައިވަނީ ގަސްފިނޮޅު/ކ. ކާށިދޫ މުޙައްމަދު އުނައިސް އެވެ.

މިގޮތުން އޭނާ ވަނީ މީހަކަށް ފޯނުން ގުޅައި މަކަރާއި ހީލަތުން 150،000ރ (އެއްލައްކަ ފަންސާސް ހާސް ރުފިޔާ) ހޯދާފައި ކަމަށް ފުލުހުން ބުނެއެވެ.

އަދި އަންނަ މަހުގެ 05 ވަނަ ދުވަހުގެ ކުރިން ތ. ގުރައިދޫ ޕޮލިސް ސްޓޭޝަން ނުވަތަ އެންމެ ކައިރި ޕޮލިސް ސްޓޭޝަނަކަށް ހާޒިރުވުމަށް އެއިދާރާއިން އަންގާކަމަށް ފުލުހުން ވަނީ އިއުލާނުކޮށްފައެވެ.

މީގެ އިތުރުން ފުލުހުން ވަނީ އެ މީހާއާ ބެހޭ މައުލޫމާތެއް ލިބިފައިވާނަމަ ތ. ގުރައިދޫ ޕޮލިސް ސްޓޭޝަންއަށް ގުޅައި އެކަން ހިއްސާކުރުމަށް އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: