ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ނިންމުން މުރާޖާކޮށްދިނުމަށް އަކުރަމް އެދިވަޑައިގެންފި

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ޝަރުތު ހަމަނުވާކަން ޕާޓިން ނިންމާފައިވާ ނިންމުން މުރާޖައާކޮށްދޭން އެދިވަޑައިގެންފިއެވެ.

އެމްޑީޕީން އަކްރަމަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އަކްރަމްގެ މައްސަލައެއް ބަލަމުން އަންނަ ކަމަށް އޭސީސީން ބުނެފައިވާތީ އިންތިހާބުގައި ވާދަކުރުމަށް އޭނާ ޝަރުތު ހަމަނުވާކަމަށް ނިންމާފައިވާ ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަން އެޑްރެސްކުރައްވައި އަކުރަމް ފޮނުއްވި ސިޓީއެއްގައި، ޕާޓީގެ ނިންމުމާ ގުޅިގެން ގިނަ ކަންތައްތަކެއް ވަނީ ފާހަގަކުރައްވައިފައެވެ. އެގޮތުން އެއް ކަމަކަށް ދާއިރާތަކުގެ އިންތިހާބުގައި ވާދަކުރާ މެންބަރުންގެ ޝަރުތުތައް ޕާޓީގެ އެއްވެސް ގަވާއިދެއްގައި ބަޔާންކޮށްފައި ނުވާކަން ފާހަގަކުރައްވާފައިވެއެވެ.

އަދި ކޮރަޕްޝަންގެ މައްސަލަތައް ބަލާ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ލިސްޓުގައިވާ ގޮތުން ޖިނާއީ ދައުވާއެއް ނުކުރާ ގޮތަށް ނިންމައި، މައްސަލަ ނިންމި ކަމަށް ބުނެފައިވާ ކަމަށް އަކުރަމް ވިދާޅުވެފައި ވެއެވެ.

މީގެއިތުރުން ޝަރުތު ފުރިހަމަނުވާކަމަށް ނިންމާފައިވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި މައްސަލައެއް ވާކަމަށް އަންގާފައިވާތީ ކަމަށް ބަޔާންކޮށްފައި ވީނަމަވެސް 24 އޭޕްރީލް 2021ގައި ބޭއްވުނު ޕާޓީގެޤައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި ނިންމާފައިވާ ނިންމުމަށް ރިއާޔަތްކުރާއިރު އޭސީސީން މައްސަލައެއް ހުށަހެޅިފައި އޮތުމަކީ ނުވަތަ މައްސަލައެއް ބަލަމުންދިއުމަކީ ޝަރުތު ފުރިހަމަނުވާނެ ސަބަބެއް ނޫންކަމަށް އަކްރަމް ވިދާޅުވެފައިވެއެވެ.

އަކްރަމް ވިދާޅުވީ، އެސީސީން ބަލަމުންދާ ނުވަތަ ބަލާފައިވާ މައްސަލައަކާ ގުޅިގެން ޝަރުތު ފުރިހަމަ ނުވާނީ އެމައްސަލައަކީ އެމް.އެމް.ޕީ.އާރ.ސީގެ ޚިޔާނާތާ ގުޅިގެން އެ ކޮމިޝަނުން ތައްޔާރުކޮށްފައިވާ ރިޕޯޓެއްގައި ފިޔަވަޅު އަޅައިދިނުމަށް އެދި އެއްވެސް މުއައްސަސާތަކަށް ނަން ފޮނުވާފައިވާ 92 ނަމަށް ކަމަށެވެ.

އެމް.އެމް.ޕީ.އާރ.ސީގެ ޚިޔާނާތާއި ގުޅިގެން އޭސީސީން ތައްޔާރުކޮށްފައިވާ އެއްވެސް ރިޕޯޓެއްގައި ފިޔަވަޅު އަޅައިދިނުމަށް އެދި އެއްވެސް މުއައްސަސާތަކަށް ފޮނުވާފައިވާކަމެއް އެނގިވަޑައިނުގަންނަވާ ކަމަށްވެސް އަކްރަމް ވިދާޅުވެފައިވެއެވެ. އަދި އެފަދަ އެންގުމެއް އެއްވެސް އިދާރާއަކަށް އެންގިކަމެއް އެސީސީންވެސް ހާމަކޮށްފައެއް ނުވާކަމަށް އަކްރަމް ވިދާޅުވެފައިވެއެވެ.

މީގެއިތުރުން ޕާޓީގެ އިންތިޚާބުގައި ވާދަކުރައްވާ ފަރާތްތަކުގެ ޝަރުތުތައް އިންތިޚާބާ ދިމާކޮށް ބަދަލުކުރުމަކީ ޑިމޮކްރެޓިކް މުޖުތަމަޢުތަކުގައި އަމަލުކުރަމުންދާ އުސޫލެއް ނޫން ކަމަށާއި، ޕާޓީގެ އަސާސީ ގަވައިދުގައި ނުހިމެނޭ ޝަރުތުތަކެއް ޕާޓީގެ ހިންގާ ކޮމެޓީގެ ބައްދަލުވުމަކުން ނިންމާ ނިންމުމަކުން އިތުރު ނުކުރެވޭނެ ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

އެގޮތުން އެފަދަ ބަދަލެއް ގެންނަން ޖެހޭނީ އަސާސީ ގަވައިދަށް ކަމަށާއި، އަސާސީ ގަވާއިދަށް ބަދަލު ގެނެވޭނީ ވަކި އިޖުރާއަތްތަކެއްގެ މަތިން ކަމަށްވާއިރު ޕާޓީގެ އެތެރޭގެ އިންތިޚާބުގައި ވާދަކުރައްވާ ފަރާތްތަކުގެ ޝަރުތުތައް ކަނޑައަޅާފައި ވަނީ އެ އިޖުރާތްތަކާ އެއްގޮތަށް ނޫން ކަމަށްވެސް އަކްރަމް ވަނީ ފާހަގަކުރައްވާފައެވެ.

އެހެންކަމުން ދާއިރާ ތަކުގެ އިންތިޚާބަށް ޝަރުތު ފުރިހަމަނުވާކަމަށް ނިންމާފައިވާ ނިންމުމަކީ ޕާޓިން ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ނޫން ކަމަށް އަކްރަމް ވިދާޅުވިއެވެ. އަދި ނިންމުން އަލުން މުރާޖައާކޮށް، އެމްޑީޕީގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހަމަޖައްސައި ދިނުމަށް ވެސް އޭނާ ވަނީ އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: