ސިޔާސީ މަގުސަދެއްގައި މުވައްޒަފަކު ވަޒީފާއިން ވަކިނުކުރާކަމަށް ފެނަކައިން ބުނެފިއެވެ.
ފެނަކައިން މިހެން ބުނެފައި ވަނީ ފަރެސްމާތޮޑާގެ ހަތަރު މުވައްޒަފަކު ޕީޕީއެމްގެ މެމްބަރުންތަކަކާ ސަލާމް ކޮށްގެން ވަޒީފާއިން ވަކި ކޮށްފައިވާ ކަމަށް ނަަައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވުމާ ގުޅިގެންނެވެ.
މިވާހަކަ ދޮގުކޮށް ފެނަކައިން ބުނީ ސިޔާސީ އެއްވެސް މަޤްޞަދެއް ޙާޞިލްކުރުމަށްޓަކައި ފެނަކައިގެ އެއްވެސް މުވައްޒަފެއް ވަޒީފާއިން ވަކިކޮށްފައި ނުވާކަމަށެވެ.
ފެނަކައިގެ މަޝްރޫޢެއްގައި 3 މަސްދުވަހުގެ މުއްދަތަކަށް ވަގުތީގޮތުން މަސައްކަތްކުރަމުންދިޔަ 4 މުވައްޒަފެއް ވަކިކޮށްފައިވަނީ އެމުވައްޒަފުންގެ މަސައްކަތުގެ އަޚުލާޤާއި، ކުރަން ހަވާލްކުރާ މަސައްކަތަށް ގާބިލް މުވައްޒަފުން ނޫންކަމަށް ފެންނާތީ ކަމަށް ފެނަކައިން ބުނެފައިވެއެވެ.
އަދި ކަމުގެ ހަގީގަތް އޮޅޭގޮތަށް ދޮގު މައުލޫމާތު ފަތުރާތީ އެކަމާ ކަންބޮޑުވާކަމަށް ފެނަކައިން ބުނެފައިވެއެވެ.

