ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޓީސީސީގެ މުވައްޒަފުންނަށް ރިފްރެޝަރ ޓްރެއިނިންގ ޕްރޮގްރާމެއް ފަށައިފި

އެމްޓީސީސީ އަދި ފުލުހުން ގުޅިގެން ހިންގާ ޕްރޮގްރާމްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ޕޮލިސް ސާވިސްއާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)ން ގުޅިގެން އެކުންފުނީގެ ލޭންޑް ޓްރާންސްޕޯޓް ޑިވިޝަންއާއި މެރިން ޓްރާންސްޕޯޓް ޑިވިޝަންގެ މުވައްޒަފުންނަށް ރިފްރެޝަރ ޓްރެއިނިންގ ޕްރޮގްރާމެއް ފަށައިފި އެވެ.

ފުލުހުން ބުނާ ގޮތުގައި މި އޮގަސްޓް މަހުގެ 21 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ އެމްޓީސީސީގެ 300 މުވައްޒަފުންނަށް އަމާޒުކޮށްގެން ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. އަދި މި ޕްރޮގްރާމަކީ އެއްގަމު އަދި ކަނޑުގައި ޕަބްލިކް ޓްރާންސްޕޯޓް ސިސްޓަމްތައް ބޭނުންކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބޭނުންވާ މައުލޫމާތާއި ހުނަރު އިތުރު ކުރުމުގެ ގޮތުން މުވައްޒަފުންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެއް ކަމަށް ފުލުހުން ވަނީ މައުލޫމާތުދީފަ އެވެ.

މި ޕްރޮގްރާމުގައި އެއްގަމު ދަތުރު ފަތުރާއި ކަނޑު ދަތުރު ފަތުރުގެ ހިދުމަތް ހޯދާ މީހުންނަށާއި، ހިދުމަތްދިނުމުގައި ހަރަކާތްތެރިވާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުންނާއި އާންމުކޮށް އެކްސިޑެންޓްތައް ދިމާވާ ސަބަބުތަކާއި ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކާއި ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށްހަމަޖެހިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ހަމައެހެންމެ މި ޕްރޮގްރާމުގައި ބަސް އޮޕަރޭޝަން ގަވާއިދުތަކާއި ޑްރައިވިންގ ޓެކްނީކްސް އާއި ފަސެންޖަރ ކޮމިއުނިކޭޝަން ޓެކްނީކްސްގެ އިތުރުން ސްޓްރެސް މެނޭޖްމަންޓާއި ޑިއުޓީއަށް ތައްޔާރުވުމާއި މެރިޓައިމް ގާނޫނާއި ގަވާއިދުތަކާއި ނެވިގޭޝަން އާއި ޑެމޭޖް ކޮންޓްރޯލް އަދި މެރިޓައިމް ސޭފްޓީ ފަދަ ބައިތައް ކިޔަވައިދިނުމަށް ހަމަޖެހިފައިވާކަމަށްވެސް އެއިދާރާއިން ހާމަކުރެއެވެ.

މި ޕްރޮގްރާމުގައި ކިޔަވާދެއްވާނީ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ރޯޑް ސޭފްޓީގެ އެޑްވޮކަސީ އޮފިސަރުންނާއި މެރިން އޮޕަރޭޝަންސް ޑިޕާޓްމަންޓްގެ ޓްރެއިނަރުންނާއި ފެސިލިޓޭޓަރުންކަމަށް ފުލުހުން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: