ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަޅުގަނޑުގެ މައްޗަށް ކުރަނީ އެއްވެސް އަސާސެއްނެތް ތުހުމަތުކެއް: އަލީ ޒާހިރު

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތަށް އަދި ކޯޓުތަކަށް، އަދާލަތު ޕާޓީއަށް ނިސްބަތްވާ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު، ނުފޫޒު ފޯރުވާކަމަށް ބުނެ ދެކެވޭ ވާހަކަތައް އޭނާ ދޮގު ކުރައްވައިފިއެވެ.

އަލީ ޒާހިރު މިހެން ވިދާޅުވެފައިމިވަނީ ވަކި ގޮތަކަށް މައްސަލަތައް ނިންމަން އަލީ ޒާހިރު ގުޅުއްވައި ނުފޫޒު ފޯރުވާފައިވާ ކަމަށް އިދިކޮޅުން ތުހުމަތު ކުރުމާ ގުޅިގެންނެވެ.

އެ ވާހަކަތަކާ ގުޅިގެން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ ޒާހިރު ވިދާޅުވީ މައްސަލަތައް ވަކި ގޮތަކަށް ގެންދަން އެއްވެސް ފަނޑިޔާރަކަށް އަންގަވާފައި ނުވާނެ ކަމަށާއި އެ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ.

އަދި މިހާރު ދެކެވޭ ވާހަކަތަކަކީ ވަރަށް ރޭވުންތެރިކަމާއެކު ސިޔާސީ މަގުސަދުތަކެއް ހާސިލުކުރުމުގެ ގޮތުން ކުރާ ކަމެއް ކަމަށްވެސް އަލީ ޒާހިރު ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަނުން އަލީ ޒާހިރަށް ކުރާ ތުހުމަތަކީ، ރައީސް ޔާމިންގެ މައްޗަށް ކޮށްފައިވާ ހުކުމަށް ސަރުކާރުން ސިޔާސީ ނުފޫޒު ފޯރުވާފައިވާ ކަމަށާއި، އަދި މިހުކުމް ވަކި ގޮތަކަށް ކުރުވުމަށް، ޗީއޮފް ސްޓާފް މެދުވެރިކޮށް، ސަރުކާރުން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

ޗީފް އޮފް ސްޓާފް އަލީ ޒާހިރު މިއަދު ހަވީރު ކުއްލި ޕްރެސްއެއް ބޭއްވުމަށް ހަމަޖެއްސެވިއިރު، މިއަދު މެންދުރު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ އިނގިރޭސިވިލާތުގައި ހުންނަވައިގެން އޮންލައިންކޮށް މިއަދު ނޫސްވެރިކްނާ ބައްދަލު ކުރައްވާފައެވެ.

މި ޕްރެސް ކޮންފަރެންސްގައި ނަޝީދު ވިދާޅުވެފައިވަނީ، ރައީސް ސާލިހު ޖުޑިޝަރީއަށް ނުފޫޒު ނުފޯރުވާނެ ކަމަށާއި، އަދި ޖޭއެސްސީވެސް ހިގަމުންދަނީ ވަރަށް ފުރިހަމަ ގޮތުގައި ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: