ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް މިއަދު ޢަމަލުކުރެއްވީ ގޭ ބަންދުކޮށްފައިވާ އިޤްރާރާ ޚިލާފަށް ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން މިއަދު މާލޭގައި ކުރިއަށްދިޔަ އިހުތިޖާޖަށް، ގޭ ބަންދުގައި ހުންނަވައިގެން ވަނީ ބައިވެރިވެވަޑައިގެން ހިތްވަރު ދެއްވާފައެވެ.
އެގޮތުން ބައިވެރިންނަށް ހިތްވަރު ދެއްވުމުގެ ގޮތުން ޔާމީން ވަނީ ޕީޕީއެމް ދިދައަކާއި، ގައުމީ ދިދަ ހޫރުވާފައެވެ.
އެކަމާ ގުޅިގެން ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ވިދާޅުވީ ޔާމީން މިއަދު ޢަމަލުކުރެއްވީ ގޭ ބަންދުކޮށްފައިވާ އިޤްރާރާ ޚިލާފަށް ކަމަށާއި އެހެންކަމުން މި މައްސަލަ ބަލާ، ފިޔަވަޅު އަޅާނެ ކަމަށެވެ.
ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީިސް އަބްދުﷲ ޔާމީން ގޭބަންދަށް ބަދަލުކުރީ މާފުށީ ޖަލުގައި ކޮވިޑްގެ ހާލަތު ގޯސްވުމާއި ގުޅިގެން މިދިޔަ ރޯދަ މަހުގެ ފަހު ދިހައެއްގަ އެވެ. އޭގެ ފަހުން އެމަނިކުފާނު ހުންނެވީ ގޭބަންދުގަ އެވެ.

