ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިވިލް ސާވެންޓުންގެ މުސާރަ ބޮޑުކުރުން އަވަސް ކުރުމަށް ގޮވާލާ މަޖިލީހަށް ކުއްލި މައްސަލައެއް

ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް، ދޮންބިލޭ: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސިވިލް ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަތައް ހެޔޮ ބަދަލެއް ގެނެސްދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެ މައްސަލަ ހުށަހެޅުއްވީ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމެވެ. އެ ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަތީ އެ ވޯޓުގައި ބައިވެރިވެވަޑައިގަތް 30 މެންބަރުންގެ ވޯޓުގެ އިއްތިފާގުންނެވެ.

ހަލީމް ހުށަހެޅުއްވި މިމައްސަލާގައި ބުނެފައިވަނީ ސިވިލް ސަރވިސާވަންޓުންނަށް ލިބެމުންދާ އުޖޫރައަކީ އެ މުވައްޒަފުން ހުއްޓުމެއްނެތި ދެއްވަމުން ގެންދާ ހިދުމަތާ ބަލާއިރު އެކަށީގެންވާ އުޖޫރައެއް ނޫންކަމަށެވެ. ސިވިސް ސަރވިސްގެ މުވައްޒަފުންނަށް ލިބެމުންދާ އުޖޫރައާ ރަނގަޅު ކުރުމަށްޓަކައި ސަރުކާރުގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑު ލަސްނުކޮށް ނިންމުމަށް މިމައްސަލާގައިވަނީ ސަރުކާރަށް ގޮވާލާފައެވެ.

މައްސަލަ ހުށަހަޅުއްވަމުން އަހްމަދު ހަލީމް ވިދާޅުވީ ސިވިލް ސާވިސްގައި އުޅޭ މުވައްޒަފުންނަށް މިއަދު ލިބެނީ ހަމަޖެހިގެން ދިރިއުޅެވޭ ވަރުގެ މުސާރައެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. ދައުލަތް ހިންގުމަށް އެންމެ ގިނަ މަސައްކަތް ކުރަމުން ގެންދާ ބަޔަކީ ސިވިލް ސާވިސްގެ މުވައްޒަފުން ކަމަށްވާތީ އެ މީހުންނަށް ރަނގަޅު މުސާރައެއްދީ ހަމަޖެހިގެން ދިރިއުޅެވޭނެ ގޮތްތަކެއް ހޯދައިދޭން ޖެހޭނެ ކަމަށެވެ.

މިފަދަ މައްސަލަ އެއް މަޖިލީހަށް ހުށަހަޅާފައި މި ވަނީ މުސާރައިގެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމުގެ ގޮތުން މިއަދު ގިނަ އަދަދެއްގެ ސިވިލް ސާވެންޓުން ކަޅު ހެދުމުގައި މަސައްކަތަށް ނުކުންނަން ފަށާފައި ވަނިކޮށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: