ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ ގައުމީ މަޖިލީހަށް ރައީސް ސޯލިހު ފެކްޝަނުގެ ތިން ވަޒީރުން!

އިކޮނޮމިކް މިނިސްޓަރު ފައްުޔާޒް އިސްމާއިލް އާއި، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އަދި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު ކުރިޔަށް ގެންދިޔަ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފެކްޝަނުގެ ތިން ވަޒީރަކު ކާމިޔާބުކޮށްފި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހަކީ ޕާޓީގެ އެންމެ މުހިންމު ނިންމުންތައް ނިންމާ ގުނަވަނެވެ. އަދި މިއީ ރާއްޖޭގައި ހަރަކާތްތެރިވަމުންދާ ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ ބޮޑު މަޖިލީސް މެއެވެ.

ޕާޓީ ދެފަޅިވެފައިވާ ދަނޑިވަޅެއްގައި ކުރިޔަށް ގެންދިޔަ މި އިންތިހާބުގައި ގައުމީ މަޖިލީހުގެ އައު ދައުރުން ފުރުސަތު ހޯދާފައިވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އާއި، ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް އަދި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އިންތިހާބުގައި ފައްޔާޒް ވާދަ ކުރެއްވީ ގަމު ދާއިރާގެ ރައީސަކަށެވެ. އަދި އަމީރު މެދު ޕްރޮވިންސްގެ ރައީސްގެ މަގާމަށް ވާދަ ކުރެއްވިއިރު، މަހުލޫފް ވާދަ ކުރައްވާފައި ވަނީ މެދު އުތުރު ޕްރޮވިންސްގެ ރައީސްގެ މަގާމަށެވެ.

މިއީ ރައީސް ސޯލިހަށް މުހިންމު އަދި ބޮޑު ކާމިޔާބެކެވެ. ހާއްސަކޮށް ފައްޔާޒް އާއި އަމީރު ފާހަގަ ކުރެވެނީ ރައީސް އާ ވަރަށް އަރިސް ބޭފުޅުންގެ ގޮތުގަ އެވެ. އޭގެ ސަބަބެއްގެ ގޮތުން އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އެންމެ ބޮޑު ނުރުހުން، ވަޒީރުގެ ތެރެއިން އަމާޒުވާ ބޭފުޅުންކީ އެއީ އެވެ.

މީގެ ކުރިން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕުގައި ރައީސް ނަޝީދު ފައްޔާޒަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރައްވައި، އޭނާގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ޖެހޭކަމަށް ވެސް ވިދާޅުވެފައި ވެއެވެ. އަދި އެމަނިކުފާނު ވަނީ ފައްޔާޒް މަގާމުން އެކަހެރި ކުރަންޖެހޭކަމަށް ބުނެ، ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް މެދުވެރިކޮށް ރައީސް ސޯލިހަށް ސިޓީއެއް ވެސް ހުށަހަޅުއްވާފަ އެވެ.

ސަރުކާރުގެ ވަޒީރުންގެ ތެރެއިން ރައީސް ސޯލިހާއި އަރިސް އެހެން ބައެއް ބޭފުޅުން ވެސް އިންތިހާބު ކާމިޔާބު ކުރައްވާފައި ވެއެވެ. އޭގެ ތެރޭގައި އަލިފުށީ ދާއިރާގެ ރައީސްކަމަށް އިންތިހާބުވެފައި ވަނީ މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ. ބިގޭ އިންތިހާބު ކާމިޔާބު ކުރެއްވީ، އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން މުހައްމަދު (ހަސަންޓޭ) އާ ވާދަކޮށްގެންނެވެ.

މީގެ އިތުރުން އައްޑޫގެ މެޖޯރިޓީ ވެސް ނެންގެވީ ރައީސް ސޯލިހެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: