ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އ.ދ.ގެ ރައީސްއަށް، ރައީސުލްޖުމްހޫރިއްޔާގެ ޝުކުރު

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، އ.ދ ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ޝުކުރު ދަންނަވައިފިއެވެ.

އަބްދުﷲ ޝާހިދުގެ އިއްޒަތުގައި ބޭއްވުނު ރަސްމީ ޖާފަތަގުއި އެމަނިކުފާނަށް ޝުކުރު ދަންނަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ ދިވެހި ލޭ ހިނގާ ދިވެހި ދަރިއަކު މިފަދަ ޝަރަފުވެރި މަގާމެއްގައި ހުރުމަކީ ގައުމު ފަހުރުވެރިވާފަދަ ކަމެއްކަމަށެވެ.  މަގާމުގެ ހައިސިއްޔަތުން ރާއްޖެއަށް ޒިޔާރަތް ކުރެއްވުމާއި ޝާހިދަށް މަރުހަބާ ދެންނެވުމަކީ ރައީސަށް ލިބޭ އުފަލެއްކަމަށް ރައީސް ވިދާޅުވިއެވެ.

ދިވެހި ބަހުން، އ.ދ ގެ އާއްމު މަޖިީހުގައި ތަގުރީރު ކުރުމަށް ދައުވަތު ލިބުމަކީ ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގެންނެވި ޝަރަފެއް ކަމަށް ވެސް މަނިކުފާނު ވިދާޅުވިއެވެ.

މިޖާފަތުގައި ވާހަކަފުޅު ދައްކަވަމުން، ދިވެހިރާއްޖެ އަށް ކޮވިޑުގެ ވަބާއިން އަރައިގަތުމަށް ކުރިއަރާފައިވާ ގައުމުތަކުގެ އެއްބާރުލުން ބޭނުންވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފާހަގަކުރެއްވިއެވެ. ހަމައެއާއިއެކު، ރާއްޖެއަށް ދިމާވާ އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ތިމާވެށިީގެ މައްސަލަތައް ފާހަގަކުރައްވައި އެމައްސަލަތައް ހައްލުކުރުމަށް އެހެން ގައުމުތަކުގެ އެހީތެރިކަން ބޭނުންވާ ކަމަށްވެސް ވިދާޅުވިއެވެ.

އަބްދުﷲ ޝާހިދު އ.ދ ގެ ރައީސްކަމަށް އިންތިހާބުވުމަކީ ދިވެހި ގައުމަށް ލިބުނު އައު އުންމީދެއްކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ ބައިނަލްއަގްވާމީ މުޖުތަމައުއިން މިހާރަށްވުރެ ވެސް ކުލަގަދަކޮށް ދިވެހިރާއްޖޭގެ ނަން ފެވިގެންދާނެ ކަމަށް އުންމީދު ކުރައްވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: