ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝާހިދުގެ މަަގާމަށް އަދުރޭގެ ފާޑު ކިއުންތައް!

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

އ.ދ ގެ އާއްމު މަޖިލީހުގެ ރައީސް އަދި ދިވެހި ރާއްޖޭގެ ޚާރިޖީ ވަޒީރު، އަބްދުﷲ ޝާހިދުގެ މާގަމަށް، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ ފާޑު ކިއުންތައް އަމާޒު ވެއްޖެއެވެ.

ޕީޕީއެމްގެ ޖަގަހަ ޖަލްސާއެއްގައި ވާހަކަ ދައްކަމުން އަބްދުއްރަހީމު ވަނީ ޝާހިދަކީ މި ގައުމުގެ އެންމެ ބޮޑު ޢައްދާރު ކަމަށް ބުނެ، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާގެ ލަގަބު އަރުވާފައިވާތީ އެކަމަށް ވަރަށް ބޮޑަ ފާޑު ވިދާޅުވެފަ އެވެ.

އަބްދުއްރަހީމު ވިދާޅުވީ ޝާހިދު ވަނީ ކްރިސްޓިއަން ދީނުގެ އަޅުކަމުގެ ރަަސްމިއްޔާތެއްގައި ބައިވެރިވެފައި ކަމަށް ވުމުން، ދޮންބަންޑާރައިންގެ ލަގަބު ދިނުމަކީ އެއީ ސަރުކާރުން އެހެން ދީންތަކަށް ހުޅުވާލެވިފައިވާކަމަށް ދޭހަ ވާ ކަމެއްގެ ގޮތުގައެވެ. ވެރިކަމަށް އައުމުގެ ކުރިން، ދިވެހިރާޖޭގައި އެހެން ދީން ތަަކަށް މިނިވަން ކަން ހޯދައިދޭނެ ކަމަށް ބުނެފައިވާއިރު މިއަދު އެކަން ފުޅާ ދާއިރާއެއްގއި ފެނގިންދާ ކަމަށް އަބްދުއްރަހީމު ވިދާޅުވިއެވެ.

މީގެ އިތުރުން ޝާހިދު ރާއްޖެއަށް މި ކުރައްވާ ދަތުރުގައި ފެނިގެންދަނީ ގައުމެއްގެ ރައީސަކަށް ވެސް ނުދޭ ޝަރަފެއް ލިބިގެންދާ މަންޒަރު ކަމަށާއި އެއީ ޕްރޮޓޮކޯލް އާއި ހިލާފު ކަމެއްގެ ގޮތުގައި އަބްދުއްރަހީމު ފާހަގަކުރިއެވެ. ހަމައެއާއިއެކު ޖަލްސާގައި ވާހަކަ ދައްކަމުން އޭނާ ވިދާޅުވީ ދިވެހިރާއްޖޭގެ ގައުމީ ދުވަސް ފާހަގަ ކުރަމުންދާއިރު ގައުމިއްޔަތާއި ދޭތެރޭ ވިސްނަން ޖެހޭ ކަމަށާއި ގައުމިއްޔަތުގެ އެންމެ ބޮޑު ބަހާއަކީ އިސްލާމްދީން ކަމަށެވެ. އަދި ދިވެހީންގެ ތެރޭގައި އޮތް އެކުވެރިކަމާއި ސުލްހަވެރިކަމަކީ ދީނުގެ ސަބަބުން މަގުފަހި ވެގެންދާ ކަންތަތައް ކަމަށްވެސް ފާހަގަ ކުރެއްވިއެވެ. އެގޮތުން ގައުމީ ދުވަސް ފާހަގަ ކުރަމުން ދާއިރު ގައުމު އަޅުވެތިކަމަށް ދިޔަ ނުދިނުމަށްޓަކައި ކޮންމެ ރައްޔިތެއްގެ ކޮނޑުގައި އެޅިފައިވާ ޒިންމާ އަދާ ކުރުމަށް އަދުރޭ ގޮވާލިއެވެ.

ޝާހިދު، ޚާރިޖީ ވަޒީރު ކަމުން އިސްތިއުފާ ދިނުމަށް ގޮވާލައި އަބްދުއްރަހީމު ވިދާޅު ޕީޕީއެމް އަދި ޕީއެންސީ ގެ މެމްބަރުން މަޖިލީހުގައި ބޭއްވި ބައްދަލު ވުން ބޮއިކޮޓް ކުރެއްވިތީ އެކަމަށް ސެލިއުޓު ކުރާ ކަމަށެވެ.

އަބްދުﷲ ޝާހިދުގެ މަގާމައި މެދު އިދިކޮޅުގެ ފަރާތުން ގިނަ ފާޑު ކިޔުންތައް އަމާޒުވެގެން ދިޔަ ނަމަވެސް، ކުރީގެ ރައީސް، މުހައްމަދު ނަޝީދު ވަނީ ޝާހިދަށް މަރުހަބާ ދަންނަވައި އެމަނިކުފާނަށް އަރުވާފައިވަނީ ހައްގު ޝަރަފެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ޕޯސްޓެއް އާއްމު ކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: