ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސޯލިހަކީ ބޭރު ގައުމެއްގެ ޕަޕެޓެއް: އަބްދުއްރަހީމް

ޕީއެންސީގެ ރައީސް އަބދުއްރަހީމް/ ފޮޓޯ- އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް ސޯލިހަކީ ބޭރު ގައުމެއްގެ ޕަޕެޓެއް ކަމަށާއި ސަރުކާރުގެ ކަންތައް ހިންގަނީ ވަކި ބަޔަކު ބުނާ ގޮތަކަށް ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގެވުމާއި ވަގުތީގޮތުން ހަވާލު ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަމުން އަބްދުއްރަހީމް ވިދާޅުވީ މި ސަރުކާރު މިއޮތީ ބައެއްގެ އަޅުވެތި ކަމުގެ ދަށުގައި ކަމަށް ގިނަ ދިވެހިން ގަބޫލުކުރާކަމަށެވެ. ދިވެހިންގެ ތެރެއިން މަދު ބަޔަކު ނުކުމެ ދިވެހިން ނީލަމަށް ލާފައިވާ ކަމުގެ ބިރު އިހުސާސް ދިވެހިންނަށް ކުރެވެމުންދާ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

ރައީސް ސޯލިހުގެ ސަރުކާރަށް ފާޑު ކިޔައި އަބްދުއްރަހީމް ވިދާޅުވީ ޒިންމާދާރު ގޮތުގައި ކަންތައް ނިންމުމުގެ ގާބިލުކަން ސަރުކާރުގެ ނެތްކަމަށެވެ. ކަންތައް ނިންމުމުގައި ސާރުކާރުން ގެންގުޅޭ މި އުސޫލުން ހާމަ ވެގެން ދަނީ ސާރުކާރުގެ ފުދުންތެރިކަމެއް ނެތްކަމާއި، ނާގަބިލު ކަން ކަމަށް އޭނާ ވިދާޅުވިއެވެ. އެއް ދުވަހު ނިންމާ ކަންތައް ޖެހިގެން އަންނަ ދުވަހު ބަދަލު ކުރުމަކީ ރައީސް ޔާމިން އަބްދުލްގައްޔޫމްގެ ސާރުކާރު ފެނިފައި ނުވާ މަންޒަރެއްކަމަށް އޭނާ ފާހަގަ ކުރިއެވެ.

ހަމައެއާއި އެކު ޖީއެމްއާރުގެ މައްސަލައިގައި ސާރުކާރުން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެމުން އަބްދުއްރަހީމް ވަނީ، ދިވެހި އިގްތިސޯދަށް މިފަދަ ބޮޑު ގޮންޖެހުމެއް ދިމާވާން މެދުވެރިވި ސަބަބަކީ ވެރިކަމުގައި ހަވާލުު ވެ ތިބީ ކަންކަން ކުރަން ނޭނގޭ ނާގާބިލް ބައެއް ކަމަށް ވާތީ ކަމަށް ވެސް ވިދާޅުވެފައެވެ. ޖީއެމްއާރުގެ ވާހަކަތައް އަނެއްކާވެސް ދެކެވެން މެދުވެރިވަނީ ފަހަތުގައި ފޮރުވިފައިވާ ސިއްރެއް ވާތީ ކަމަށް ބުނެ، އަބްދުއްރަހީމް ފާހަގަ ކުރެއްވީ އަނެއްކާވެސް އަލުން އެއަޕޯޓު ހަވާލުކޮށްލަން އުޅޭ ކަމަށް ލަފާ ކުރެވޭ ވާހަކައެވެ.

ޖީއެމްއާރާއި އެއާޕޯޓު ހަވާލު ކުރުމަކީ އެއީ ގައުމަށް ވެވޭ ހިޔާނާތެއް ކަމަށް ކަނޑައެޅި ފަރާތްތަކަށް މިއަދު އަޑު އުފުލުން ނުކުރެނު ނަމަވެސް އޭރުވެސް ރައީސް ޔާމީން ވަކާލާތު ކުރެއްވީ ދިވެހިންގެ ހަރު މުދާ ނުވިއްކުމަށާއި ދިވެހިންގެ ހަރު މުދާ އޮންނަން ވާނީ ދިވެހިންގެ އަތުގައި ކަމަށެވެ. ދިވެހިރާއްޖޭގެ މިނިވަންކަމަށް ބުރޫ އަރާ އެތައް ކަމެއް ހިނގަމުންދާ އިރު މިއީ ގައުމުގެ އިގްތިސޯދު ދިވެހިންގެ އަތުން ގެއްލިގެން ގޮސްދާނޭ ކަމެއްކަމަށް އަދުރޭ ވަނީ ވިދާޅުވެފައެވެ.

މި ޖަލްސާގައި، ދިވެހިރާއްޖޭގެ މިނިވަން ކަން ދިފާއު ކުރުމަށްޓަކައި ހުކުރު ދުވަހު ކުރިއަށް ގެންދާ ސުލްހަވެރި ހިންގާލުމުގައި ހުރިހާ ފަރާތްތަކުން ބައިވެރި ވުމަށްވެސް އަބްދުއްރަހީމް ވަނީ ގޮވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: