ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔާމީން އަމަލު ކުރެއްވީ ކަރެކްޝަނުން ދެއްވި ލަފަޔާއި އެއްގޮތަށް: އަދުރޭ

ޕީޕީއެމް އޮފީހުގައި އޮތް ޖަލްސާއަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަޑައިގަންނަވަނީ: ފޮޓޯ: ދައުރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ދިން ލުއިތަކުގެ އިގުރާރާ އެމަނިކުފާނު ހިލާފުވެފައި ނުވާކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީޕީއެމް/ޕީއެންސީ ލީޑާޝިޕްގެ ބޭފުޅުން މިއަދު އައްޑޫ ސިޓީއަށް ފުރާވަޑައިގަތުމަށް އެއާޕޯޓަށް ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމިނާއި ދޭތެރޭ މިސަރުކާރުން އަމަލު ކުރަނީ ވަރަށް އަނިޔާވެރިކޮށް ކަމަށާއި، މިއީ ފެށުނީއްސުރެ މިއަދާ ހަމަޔަށްވެސް އަމަލުތައް ހުރިގޮތް ކަމަށެވެ.

ރައީސް ޔާމީނަށް ދިން ލުއިތަކުގެ އިގުރާރާއި ހިލާފު ވެފައިވާތީ ރައީސް ޔާމިނަށް އިންޒާރު ދީފައި ވާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން އިން ބުނީ އިއްޔެއެވެ.

އަޅުގަނޑު ގަބޫލުކުރަނީ ރައީސް ޔާމީނަށް އެބޭފުޅުން ދެއްވި ލަފަަޔާއި އެއްގޮތަށޭ އަމަލު ކޮށްފައޮތީ. އެބޭފުޅުންނަށް އެކަން ހަޖަމް ނުކުރެވިގެން ކުރެއއްވި ކަމަކަށް ފަހަރެއްގަ ވެދާނެ 

ޖަލު ބަންދުގައި ހުންނެވި ރައީސް ޔާމީން ގޭބަންދަށް ބަދަލު ކުރިފަހުން ވެސް އެމަނިކުފާނު އާންމުންނާއި ބައްދަލުވެވޭހެން ބައެއް ކަންކަން ކުރެއްވި އެވެ. އޭގެ ތެރޭގައި އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ކައިރިއަށް އާންމު މެމްބަރުން އެއްވުމުން ކޮޑަދޮރު ކައިރިއަށް ނުކުންނަވާ ސަޕޯޓަރުންނާނާއި ބައްދަލުކޮށް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އަދި އެ މަންޒަރާއި އަޑުތައް ވީޑިއޯ ކުރުމަށް ފަހު ސޯޝަލް މިޑިއާގައި ސަޕޯޓަރުން ވަނީ އާންމުވެސް ކޮށްފައެވެ.

އޭގެ ފަހުން ކްރެކްޝަނުން ރައީސް ޔާމީން ރަށު ބަންދަށް ދޫކޮށްފައި ވަނިކޮށް ރައީސް ޔާމިން ވަނީ ޕީޕީއެމްއެމް އޮފީހަށް ވަޑައިގެން ޕާޓީގެ ސަޕޯޓަރުންނާއި ބައްދަލު ކުރައްވާފައެވެ. ރައީސް ޔާމީނަށް ކަރެކްޝަނުން ދެއްވި ލަފަަޔާއި އެއްގޮތަށް އަމަލު ކޮށްފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވާއިރު ކަރެކްޝަނުން ބުނީ ރައީސް ޔާމީނަށް ލުއިދިނީ ޑޮކްޓަރަށް ދެއްކުމަށް އެކަނި ކަމަށެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: