ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ވެރިން ޓްރެއިނިން ކޮށްދިނީ ޖުމްހޫރީ ޕާޓީން: ސައުދު

ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް، އަހުމަދު ސަުއުދު.
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު ދިވެހިރާއްޖޭގައި ތިބި އެކިއެކި ސިޔާސީ ޕާޓީތަކުގެ ވެރިން ޓްރެއިނިންވެގެން ނިކުތް ދޮރަކީ ޖުމްހޫރީ ޕާޓީކަމަށް އެ ޕާޓީގެ ނައިބު، އަހުމަދު ސައުދު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ “ހަބަރަށްފަހު” ޕްރޮގްރާމްގައި ވާހަކަދައްކަަވަމުން ސައުދު ވިދާޅުވީ، ދިވެހި ރާއްޖޭގެ އިގްތިސާދު މިހާރު މިއޮތް ވަރަށް ވުރެ ރަނގަޅަށް ބައްޓަންކޮށް، ރާއްޖޭގެ ރައްޔިތުންނަށް ފައިދާ ހުރި މަސައްކަތްތަކެއް ދެން ކޮށްދެވޭނެ ގާބިލު ބޭފުޅަކީ ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމްކަމަށެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތާއިމެދު ސިޔާސީ މަޝްރަހުގެ ތެރޭގައި ހޫނު ބަހުސްތަކެއް ކުރެވެމުންދާ މި ދަނޑިވަޅުގައި ސައުދު ވިދާޅުވީ މިއަދުގެ ސިޔާސީ ޕާޓީތަކުގެ އިސްވެރިންނަށް ބެލިކަމުގައިވީ ނަމަވެސް އެ ބޭފުޅުންވެސް ޓްރެއިނިން ކޮށްދެއްވީ ގާސިމް އިބްރާހީމްކަމަށެވެ. ޕާޓީއެއްގެ ވެރިއެއް ނުވަތަ ޕާޓީއެއްގެ ލީޑަރޝިޕްގެ ބޭފުޅެއްކަމުގައިވީ ނަމަވެސް އަދި ކުރީ ސަރުކާރުން މިއަދުގެ ސަރުކާރަށް ބެލި ނަމަވެސް އަދި ކުންފުންޏެއް ނަމަވެސް އިސް މަގާމު ތަކުގައި ތިއްބެވީ، ގާސިމްގެ ހިދުމަތުގެ ދަށުން ކިޔެވި ބޭފުޅުންކަމަށެވެ. ވިދާޅުވެ ސައުދު ފާހަގަކުރެއްވީ، އެހެންކަމުން ދިވެހިރާއްޖޭގެ ވެރިކަމަށް، ގައުމުގެ އިގްތިސާދީ ހާލަތު ރަނގަޅުކުރުމަށްޓަކައި ގެންނަން އެންމެ އެކަށޭނެ ބޭފުޅަކީވެސް ގާސިމް އިބްރާޙީމްކަމަށެވެ.

މިފަދައިން ވާހަކަދަައްކަވާ ސައުދު ވިދާޅުވީ، ދިވެހި ރާއްޖެ “ސުމޫތު” ކޮށް ގާނޫނާއި ގަވާއިދުގެ ތެރެއިން އަދި ދީނީ ހަމަތަކުގެ މަތިންވެސް އެންމެ ރަނގަޅަށް ހިންގޭނީ ގާސިމް އިބްރާހީމް އަށްކަމަށެވެ. އޭނާ ގާސިމް އިބްރާހީމް ސިފަކުރެއްވީ މިއަދުގެ ސިޔާސީ މަޝްރަހުގައި ނެތްފަދަ “ސްމާޓް” ބޭފުޅެއްގެ ގޮތުގައެވެ.

“ރަށްރަށުގައި ކަމުއޮށޭ މީހުންވެސް އެބަ ވިދާޅުވޭ މިހާރު އެބަ ޖެހެޔޭ ގައުމާއި ގާސިމް އިބްރާޙީމް ހަވާލު ވާން. އެއީ ދުނިޔޭގެ ކާރިސާތަކާއި ގުޅިގެން ވެސް އަދި ގައުމަށް ފައިދާއެއް ކޮށްދެވޭނެ ބޭފުޅަކަށް އެ ބޭފުޅާ ވެދާނެތީ، ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ އަށް ކުޑަމީސް ބަހެއް ބުނަނީކީ ނޫން، އެކަމަކު އަޅުގަނޑަށް ފެނޭ އޮނަރަބަލް ގާސިމް އިބްރާހީމް އެވަރުގެ ސްމާޓް ވަރުގަދަ ބޭފުޅެއްގެ ގޮތުގައި. އެހެންވީމަ އޮނަރަބަލް ގާސިމް އިބްރާހީމް އަށް 2023 ލިބިގެންނޭ ރާއްޖޭގެ ކުރިއަށް އޮތް މަގު ފަހިވެގެންދާނީ”

ސައުދު ވިދާޅުވިއެވެ.

ނަމަވެސް މި ދަނޑިވަޅުގައ ޖުމްހޫރީ ޕާޓީ އަދި ގާސިމް އިބްރާހީމްއަށްވެސް ދަނީ ގިނަ ފާޑުކިޔުންތަކެއްގެ އިތުރުން ތުހުމަތުތަކެއްވެސް އަމާޒުވަމުންނެވެ. އެގޮތުން ޕީއެންސީގެ ސެކެޓްރީ ޖެނެރަލް ޝިފާގް މުފީދު (ހިސްޓޯ) ވެސް ވަނީ ގައުމުގެ އިގްތިސާދު ފުޑުފުޑުވުމުގައި އާއި ގައުމު ދަރަނިވެރި ކުރުވުމުގައި ޖުމްހޫރީ ޕާޓީގެ ލީޑާ ގާސިމް އިބްރާހީމް ގެ ހިއްސާ އެބަ އޮތްކަމަށް ތުހުމަތުކުރައްވާފައެވެ. އަދި ގާސިމް އިބްރާހީމް ގެންދަވަނީ ނުފޫޒުގެ ބޭނުންކޮށް ސަރުކާރުން އެމަނިކުފާނުގެ އަމިއްލަ ވިޔަފާރީގެ ކަންކަމަށް މަންފާ ހޯދަން މަސައްކަތް ކުރަމުންކަމަށް ބުނެވެސް ދަނީ ފާޑުކިޔުން އަމާޒުވަމުންނެވެ.

ގާސިމް އިބްރާހީމަކީ އަދުގެ ސަރުކާރުގެ ކޯލިޝަން ޕާޓްނަރެއްކަމުން ވެރިކަމަށް ގެނައުމަށްޓަކައި ކޮށްދެއްވި މަސައްކަތްތަކަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އެމަނިކުފާނަށް ޖިޒީ ދައްކަވާކަމަށްވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

މީގެ އިތުރުން 2023 ވަނަ އަހަރުގެ ވެރިކަމުގެ ބޭނުމުގައި ގާނޫނީ އިމުގެ ބޭރުން މަސައްކަތް ކުރައްވާކަމުގެ ތުހުމަތުތަކެއްވެސް ގާސިމް އަށް ދަނީ ކުރެވެމުންނެވެ. އެގޮތުން 2023 ވަނަ އަރުގެ ރިޔާސީ އިންތިހާބަށް، އިދިކޮޅު ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ރިކެޓުގެ ބޭނުމުގައި އެ ކޯލިޝަންގެ ލީޑަރ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ހިގަމުންދާ ޝަރީއަތްތަކަށް ނުފޫޒު ފޯރުވާ އެމަނިކުފާނު ޖަލަށް ލެއްވުމަށްޓަކައި މަސައްކަތް ކުރާކަމުގެ ތުހުމަތުތަކެއްވެސް ވަނީ ކުރެވިފައެވެ. މިކަންކަމަށް ރައްދު ދެއްވާ އެ ކޯލިޝަންގައި ހިއްސާވާ ޕީއެންސީގެ ރައީސް އަބްދުލްރަހީމް ވިދާލުވީ އެފަދަ ހާލަތެއް ކުރިމަތިވީކަމުގައި ވީ ނަމަވެސް އެފަދައިން ކަންތައް ނުކުރައްވާނެކަމަށެވެ. އަދި މިއަދުގެ ސަރުކާރު ވެރިކަމަށް އައުމުގައި ޝާމިލްވީ އެއްވެސް ފަރާތަކާއިއެކު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށްޓަކައި ކޯލިޝަން ނަހަދާނަށްކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: