ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަފާލާތުގެ ދަށުން އައްމަޓީ ދޫކޮށްލައިފި

ހުޅުމާލޭގައި އެޕާޓްމަންޓްތަކެއް ހަދައި ވިއްކާނެ ކަމަށްފައިސާ ނެގި، ސީލައިފްގެ މެނޭޖިން ޑިރެކްޓަރު އައްމަޓީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސީ ލައިފް ގްލޯބަލް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ކަފާލާތު ދައްކައިގެން، ޝަރުތުތަކަކާއެކު އައްމަޓީ ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ އަޑުއެހުމުގައި އައްމަޓީ ދޫކޮށްލަން ނިންމީ އޭނާގެ ކޮއްކޮ އަތީފާ މޫސާއާއި ކޮއްކޮ މަރިޔަމް ނައީމާ ޖާމިނުވާ ގޮތަށް، އަދި ކަފާލާތު ދައްކައިގެންނެވެ.

އަޑުއެހުމަށް އަތީފާއާއި ނައީމާ ހާޒިރުކޮށްފައިވާއިރު އެ ދެ ފަރާތުން ވެސް އައްމަޓީ ފިލައިގެން ނުދާނެ ކަމުގެ ޔަގީން ކަން ދީފައިވެއެވެ.

މައްސަލަ ބައްލަވާ ގާޒީ ވިދާޅުވެފައިވަނީ، ހަރުދަނާ ފިޔަވަޅުތަކަކާ އެކު އައްމަޓީ ބަންދުން ދޫކުރުމަށް ނިންމަވާ ކަމަށެވެ. އެގޮތުން މި މައްސަލައިގެ އަޑުއެހުން ދިގުދެމިގެން ދާނެކަމަށް ބެލެވޭ ކަމަށާއި، އަދި މައްސަލަ އުފަންވީ މަދަނީ މައްސަލައަކުންކަން ފާހަގަކުރެއްވިއެވެ.

ގާޒީ ވިދާޅުވީ ދައުވާ އުފުލިފައިވާ ފަރާތުން ފިލައިފިނަމަ، ޖާމިނުވާ ފަރާތްތަކަށް އަންނާނެ އަދަބުތައް މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވިދާޅުވެ ދެއްވިއެވެ. އެއް އަހަރު ދުވަހުގެ ޖަލު ހުކުމެއް ނުވަތަ ދެ އަހަރުގެ ގޭބަންދު ހުކުމެއް ނުވަތަ 15،000 ރުފިޔާ ޖޫރިމަނާގެ ހުކުމެއް އިއްވިދާނެކަމަށެވެ.

ދެ ފަރާތުން ވެސް ވަނީ އެ އަބަދު އަންނާނެ ކަން ވެސް އެނގިހުރެ، އޭގެ ޒިންމާ ނަގާ ގޮތަށް، އައްމަޓީ ފިލައިގެން ނުދާނެ ކަމުގެ ޔަގީން ކަންދޭ ކަމަށް ބުނެފައެވެ.

މި މައްސަލައިގައި އައްމަޓީގެ މައްޗަށް ވަނީ ހިޔާނާތްތެރިވުމުގެ ކުށުގެ 42 ދައުވާ ކޮށްފައިވެއެވެ.

ޕީޖީ އޮފީހުން ބުނެފައިވަނީ މި ކުށްތަކަށް ޤާނޫނުގައި ކަނޑައަޅާފައިވާ އަދަބަށް ބަލާއިރު، މި ދައުވާތައް ސާބިތުވެއްޖެނަމަ 65 އަހަރު ދުވަހުގެ ޖަލު އަދަބެއް ކަނޑައެޅޭނެކަމަށް ބެލެވޭކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: