ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްމަޓީ ޝަރީއަތް ނިމެންދެން ބަންދު ކުރަން ހައިކޯޓުން އަމުރުކޮށްފި

އަހްމަދު މޫސާ (އަންމަޓީ) — ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސީލައިފްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މޫސާ (އަންމަޓީ) ދޫކޮށްލަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލްކޮށް އޭނާ ހައްޔަރުކުރަން ހައިކޯޓުން އަމުރުކޮށްފި އެވެ.

ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އަޅަން ސީ ލައިފް ގްލޯބަލްއާ ހަވާލުކުރުމުން އެ ތަންތަން ވިއްކުމުގެ ނަމުގައި އެތައް ބައެއްގެ އަތުން ބުކިން ފީ ނެގުމަށް ފަހު، މަސައްކަތް ނުކޮށް ފިލައިގެން އުޅެނިކޮށް ރާއްޖެއިން ބޭރުން ހައްޔަރުކޮށް ގެނެސްފައިވާ އައްމަޓީ ޝަރުތުތަކަކާ އެކު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރު ކުރީ މިދިޔަ ޖޫން 17 ވަނަ ދުވަހުއެވެ. އެ މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، މިއަދު ވަނީ އެ މައްސަލައިގައި ހުކުމް ކޮށްފައެވެ.

ކްރިމިނަލް ކޯޓު ގާޒީ ހަސަން ސައީދު އޭނާ ދޫކޮށްލަން ނިންމެވީ ދެ ޝަރުތެއް ކުރުމަށް ފަހުގައެވެ. އެއީ ޝަރީއަތް ނިމެންދެން މާލެއިން ބޭރަށް ނުދިއުމާއި، ރާއްޖޭން ބޭރަށް ފުރައިގެން ނުދިއުމަށެވެ.

ހައިކޯޓުގައި މި މައްސަލަ ބެއްލެވި ބެންޗްގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ހުސައިން ޝަހީދުއެވެ. ދެން ބެންޗްގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ފާތިމަތް ފަރުހީޒާ އަދި އިސްފަނޑިޔާރު ހާތިފް ހިލްމީއެވެ.

ފަނޑިޔާރު ހުސައިން ޝަހީދުގެ ރައުޔުގައި ފާހަގަކޮށްފައި ވަނީ މި މައްސަލާގައި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެކިންނަކީ އަންމަޓީގެ ކުރީގެ މުވައްޒަފުން ކަމަށެވެ. އޭނާގެ ފަރާތުން މީގެ ކުރިން ހެއްކަށް ނުފޫޒު ފޯރުވިކަމުގެ އަމަލެއް ފެނިފައި ނުވާ ކަމަށާއި އަދި ދައުލަތުން ވެސް އެކަމަށް އިއުތިރާފްވެފައި ވާތީ އޭނާގެ ފަރާތުން ހެއްކަށް ނުފޫޒު ފޯރުވައިފާނެ ކަމަށް ނުދެކޭ ކަމަށް އެރައުޔުގައި ވަނީ ފާހަގަކޮށްފަ އެވެ.

އޭނާ މުޖުތަމައަށް ނުރައްކާތެރި މީހެއް ކަމަށް ދައުލަތުން ބުނާ ބުނުމަށް ބަލާއިރު މީގެ ކުރިން އެފަދަ ހާދިސާއެއް ހިނގާފައި ނުވާ ކަމަށާއި އަދި އޭނާގެ ދިރިއުޅުމަށް ބަލާއިރު އޭނާ އަކީ ބާރުވެރި ފަރާތެއް ކަމަށް ވަނީ ފާހަގަކޮށްފަ އެވެ. އަދި އޭނާ އަކީ ޖަމާއަތް ހަދައިގެން ކުށްކުރާ މީހެއް ނޫން ކަމަށާއި އެހެންކަމުން މުޖުތަމައަށް ނުރައްކާ ވެދާނެ ކަމަށް ނުދެކޭ ކަމަށްވެސް ވަނީ ފާހަގަކޮށްފަ އެވެ.

މިކަމުގައި ފަނޑިޔާރު ފަރްހީޒާގެ ރައުޔުގައި ވިދާޅުވެފައިވަނީ އައްމަޓީގެ ޕާސްޕޯޓް ހިފަހައްޓާފައި އޮތްނަމަވެސް ގަވައިދާ ހިލާފަށް ފިލާފާނެ ކަމުގެ އިހްތިމާލު އޮތްކަމަށެވެ. އެހެންކަމުން ކްރިމިނަލް ކޯޓުގެ އަމުރު ބާތިލުކޮށް އޭނާ ބަންދުކުރުމަށް ފަނޑިޔާރު ފަރުހީޒާގެ ރައުޔުގައި ވިދާޅުވެފައިވެއެވެ. އެހެންނަމަވެސް އަހުމަދު މޫސާގެ ކަންކަން އިތުރަށް ބެލޭނެފަދަ ގޮތަށް އަދި ނުފިލޭނެކަން ކަށަވަރުކުރުމަށް އިތުރު ޝަރުތުތަކެއް ކުރުމަށްފަހު ބަންދަށް ލުޔެއް ދިނިމުގެ ފުރުސަތު ދަށުކޯޓުގައި މައްސަލަ ބައްލަވާ ފަނޑިޔާރަށް ލިބިގެންވާކަމަށް ރައުޔުގައިވެއެވެ.

މީގެ އިތުރުން އިސްފަނޑިޔާރު ހާތިފް ހިލްމީގެ ރައުޔުގައި މިކަމާ ގުޅޭގޮތުން ވިދާޅުވެފައިވަނީ، އަހުމަދު މޫސާ ފިލާފާނެކަމުގެ އިހުތިމާލު އޮތްކަމަށެވެ. އެހެންކަމުން ކްރިމިނަލް ކޯޓުން އޭނާ ބަންދުން ދޫކުރުމަށް ކޮށްފައިވާ އަމުރު ބާތިލުކޮށް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ފަނޑިޔާރު ހާތިފް ހިލްމީގެ ރައުޔުގައިވެއެވެ.

މިމައްސަލައިގައި ހައިކޯޓުގެ ހުކުމް އިއްވަވަމުން ފަނޑިޔާރު ޝަހީދު ވިދާޅުވީ މި މައްސަލައިގައި އަހުމަދު މޫސާ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރު ބާތިލުކޮށް އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ހުކުމް ކުރާކަމަށެވެ.

ވަރަށް ގަދަ
40%ވަރަށް ގަދަ 40%ވަރަށް ގަޔާވޭ 20%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: