ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައިކޯޓާ ގުޅޭގޮތުން ދޮގު މައުލޫމާތު ނުފެތުރުމަށް އެ ކޯޓުން އެދިއްޖެ

ދިވެހިރާއްޖޭގެ ހައިކޯޓު:ފޮޓޯ/ ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

ހައިކޯޓުގެ ފަނޑިޔާރުންނާއި ގުޅޭގޮތުން ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ނުފެތުރުމަށް އެ ކޯޓުން އެދިއްޖެ އެވެ.

މިފަހަކަށް އައިސް ހައިކޯޓުގެ ފަނޑިޔާރުންނާއި، ހައިކޯޓުގެ މަސައްކަތްތަކާއި ގުޅޭގޮތުން އާންމުންގެ މެދުގައި ނުރަނގަޅު ތަސައްވުރެއް އުފެދޭ ގޮތަށް ހަގީގަތާ ހިލާފު ވާހަކަތައް ފަތުރަމުން ގެންދާތީ އެ ކޯޓުން ކަންބޮޑުވުންފާޅުކޮށް ވަނީ ބަޔާނެއް އާންމުކޮށްފަ އެވެ.

ބަޔާނުގައި ބުނެފައި ވަނީ ގާނޫނު އަސާސީން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދީފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ ހަބަރުތަކަކީ އެއީ ގާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ރ) ގައި ކަނޑައަޅައި ބަޔާންވެގެންވާ އުސޫލިތަކާއި ހިލާފަށް، ހައިކޯޓުގެ ދުސްތޫރީ ވާޖިބުތަކާއި ޒިންމާތައް އަދާކުރުމަށް ކުރާ މަސައްކަތާ މެދު އާންމުންގެ މެދުގައި ނުރަނގަޅު ތަސައްވުރެއް އުފެދޭ ގޮތަށް ވާހަކަތައް ފަތުރަމުން ގެންދާކަން ސަމާލުކަމަށް އައިސްފައިވާކަމަށް ބަޔާނުގައި ވެއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއ،ި 28 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ނޫސްވެރިކަމުގެ މިނިވަންކަމަކީ އަނެކާގެ ހައްގުތަކާއި މުޖުތަމައުގެ ހައްގުތަކަށް ފުރިހަމައަށް އިހްތިރާމް ކުރަން ޖެހޭ ޒިންމާދާރު މިނިވަންކަމެއް ކަމަށްވާއިރ،ު ގާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ރ) ގައި ކަނޑައަޅައި ބަޔާންވެގެންވާ އުސޫލުތަކާ ހިލާފަށް ހައިކޯޓުގެ ދުސްތޫރީ ވާޖިބުތަކާއި ޒިންމާތައް އަދާކުރުމަށް ކުރާ މަސައްކަތާމެދު އާއްމުންގެ މެދުގައި ނުރަނގަޅު ތަސައްވަރެއް އުފެދޭ ގޮތަށ،ް އަދި ކަމުގެ ހަގީގަތަކީ އޮޅޭގޮތަށް ހަބަރު ފަތުރަމުން ނުގެންދިއުމަށް އިލްތިމާސްކޮށް ނަސޭހަތްތެރިވަމެވެ.

އެހެންވެ ހައިކޯޓުގެ ބަޔާނުގައި އެދިފައި ވަނީ ހަބަރުތައް ފެތުރުމުގައި ޒިންމާދާރު ކަމާ، ތެދުވެރިކަމާ މެދު އެކުގައި މަސައްކަތްކޮށް ހައިކޯޓުގެ ޝަރީއަތްތަކުގެ ހަބަރުތައް ގެނެސްދިނުމުގައި ނޫސްވެރިން މިހާރަށް ވުރެ ޒިންމާދާރުވުމަށެވެ. އަދި ބުނީ ޝަރީއަތްތަކާއި، ކޯޓާއި ގުޅުން ހުރި މައުލޫމާތުތައް ވީހާވެސް ތެދުވެރިކަމާއި ހާމަކަން ބޮޑުކޮށް ގެނެސްދިނުމަށް ނޫސްވެރިން ކުރާ މަސައްކަތަށް އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: