ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައިކޯޓަށް އިންތިހާބީ މައްސަލަތައް ހުށައެޅުމާއި ގުޅޭ މައުލޫމާތު އާންމުކޮށްފި

ދިވެހިރާއްޖޭގެ ހައިކޯޓު --- ފޮޓޯ އެޑިޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ހައިކޯޓަށް ރިޔާސީ އިންތިހާބާއި ގުޅޭ ޝަކުވާތައް ހުށައެޅުމަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން އެކަން ކުރެވޭނެ އިންތިޒާމުތަކެއް ހަމަޖައްސައިފިއެވެ.

އިންތިހާބީ ޝަކުވާތައް ހުށައެޅުމުގައި ލުއިތަކެއް ގެނެސްދިނުމުގެ ގޮތުން ހައިކޯޓުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ސެޕްޓެމްބަރު ނުވަ ވަނަ ދުވަހާއި ދިހަވަނަ ދުވަހުގެ ހެނދުނު 9:00 އިން ރޭގަނޑުގެ 22:00 އާއި ދެމެދު ކޯޓުގެ ކައުންޓަރު ހުޅުވާފައި ބެހެއްޓުން ހިމެނެއެވެ. އަދި ޝަކުވާތައް ހުށައެޅުމަށް ކަނޑައެޅިފައިވާ މުއްދަތު ހަމަވާންދެން ހުކުރު ފިޔަވަި ކޮންމެ ދުވަހެއްގެވެސް ހެނދުނު 9:00 އިން 15:00 އަށާއި ރޭގަނޑު 22:00 އިން 23:00 އަށް ކައުންޓަރު ހުޅުވާލާފައި ބެހެއްޓުމަށްވެސް ކޯޓުންވަނީ ނިންމާފައެވެ.

ކޯޓުންވަނީ އީމެއިލް މެދުވެރިކޮށްވެސް ޝަކުވާ ހުށައެޅޭނެ އިންތިޒާމުތަކެއް ހަމަޖައްސާފައެވެ. އެގޮތުން registration@highcourt.gov.mv އަށް ޝަކުވާ ހުށައެޅުމަށް ހުޅުވާލެވިގެންދާނެކަމަށް ބުނެފައިވާއިރު، ހައިކޯޓު ހުޅުވާފައި ހުންނާނެ ކަމަށް ބަޔާންކޮށްފައިވާ ގަޑިތައް ނޫން އެހެނިހެން ވަގުތުތަކުގައި މައސަލައެއް ހުށައެޅުމަށް ނުވަތަ މައުލޫމާތު ސާފުކުރުމުގެ ގޮތުން 7902206 އަށް ގުޅޭނެކަމަށް ބުނެފައިވެއެވެ.

ކޯޓުން ބުނެފައިވާގޮތުން، މައްސަލައެއް ހުށައެޅުމުގައި ބައެއް ކަންކަމަށް ވަކިން ހާއްސަ ސަމާލުކަމެއް ދޭންޖެހޭކަމަށެވެ. އެގޮތުން ބޭނުންވާ ހުރިހާ މައުލޫމާތެއް ފުރިހަމަކުރުމާއި ލިޔެކިއުންތަކާއިއެކު މައްސަލަ ހުށައެޅުމަށް ސަމާލުކަން ދިނުމަށް ކޯޓުން ފާހަގަކޮށްފައިވެއެވެ. ކޯޓުން ބުނެފައިވާގޮތުން މައްސަލަ ހުށައަޅާ ސަބަބާއި ތަފްސީލު އަދި ހެކިތައް ހުށައަޅަންވާނެއެވެ.

ކޯޓުން މައުލޫމާތު ދީފައިވާގޮތުން އިންތިހާބީ މައްސަލަތައް ހުށައެޅުމަށް ރަސްމީ މުއްދަތަކީ ނަތީޖާ އިއުލާނުކުރާތާ ގިނަ ވެގެން 14 ދުވަހެވެ. އަދި އެ މުއްދަތު ގުނާނީ ބަންދު ދުވަސްތައްވެސް ހިމަނައިގެންކަމަށާއި މައްސަލަ ހުށައެޅުމަށް ބޭނުންވާ ފޯމު ހައިކޯޓުގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: