ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދުވަސްވެފައިވާ މައްސަލަތައް ނިންމުމަށް ހައިކޯޓުން ޙާއްސަ މަސައްކަތްތަކެއް ފަށަނީ

ދިވެހިރާއްޖޭގެ ހައިކޯޓު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން ގިނަ ދުވަސްވެފައިވާ މައްސަލަތައް އަވަހަށް ނިންމުމަށް ހާއްސަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށް ހައިކޯޓުން ހާމަކޮށްފިއެވެ.

ހައިކޯޓުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ ގިނަ ދުވަސްވެފައިވާ މައްސަލަތައް އަވަހަށް ނިންމުމަށް ހާއްސަ މަސައްކަތްތަކެއް ކުރުމަށް އެ ކޯޓުގެ ފަނޑިޔާރުން ނިންމާފައިވާ ކަމަށެވެ.

ގިނަ ދުވަސްވެފައިވާ މައްސަލަތައް އަވަހަށް ނިންމުމަށް ކުރަމުންދާ ހާއްސަ މަސައްކަތްތައް ކުރިއަށް ގެންދާނީ ފިޔަވަތިތަކަކަށް ބަހައިލައިގެން ކަމަށް ހައިކޯޓުން ވަނީ ބުނެފައެވެ.

އެގޮތުން ގިނަ ދުވަސްވެފައިވާ މައްސަލަތައް އަވަހަށް ނިންމުމަށް ފުރަތަމަ ފިޔަވަހީގައި ހާއްސަ އިސްކަމެއް ދީގެން ކުރިއަށް ގެންދާނީ 2017 ވަނަ އަހަރާއި، 2018 ވަނަ އަހަރާއި، 2019 ވަނަ އަހަރުގެ އިތުރުން 2020 ވަނަ އަހަރުގެ މައްސަލަތަކެވެ.

ހައިކޯޓުން ބުނި ގޮތުގައި ގިނަ ދުވަސްވެފައިވާ މައްސަލަތައް އަވަހަށް ނިންމުމަށް ހައިކޯޓުގެ ފަނޑިޔާރުން ނިންމާފައިވާ ނިންމުމުގެ ދަށުން މައްސަލަތައް ކުރިއަށް ގެންދާނީ ރަސްމީ ގަޑި ނިމުމަށްފަހުގައެވެ. އެގޮތުން ކޮންމެ ދުވަހަކު ވެސް މެންދުރު ފަހު 2:15 އިން ފެށިގެން މައްސަލަތައް ކުރިއަށް ގެންދިއުމަށް ހައިކޯޓުން ވަނީ ނިންމާފައެވެ.

ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން ގިނަ ދުވަސް ވެފައިވާ މައްސަލަތައް އަވަހަށް ނިންމުމަށް ހައިކޯޓުން ހާއްސަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދަށުން ކޯޓުން އިއްވި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލައިގެ ޝަރީޢަތް ނިންމުނު ނަމަވެސް މައްސަލައިގެ ހުކުމް ކޮށްފައި ނުވާތީ ގިނަ ބައެއްގެ ފަޑުކިއުން ވަނީ އަމާޒުވެފައެވެ.

އެގޮތުން ރައީސް ޔާމީންގެ މައްސަލައަށް ސަރުކާރުން ޖުފޫޒް ފޯރުވަމުންދާ ކަމަށް އެމަނިކުފާނަށް ތާއިދުކުރާ މީޙުން ގެންދަނީ ބުނަމުންނެވެ. ނަމަވެސް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ރައީސް ޔާމީންއަސް އިންސާފް ލިބުމަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް އެމަނިކުފާނުގެ ސަރުކާރުގެ އެއްވެސް ވަޒީރެއް އަދި އެހެން މަގާމެއްގައި ހުރި މީހަކު ވެސް ނުކުރާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: