ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސޯލިހު، ހިމަންދޫ ބަނދަރު ހުޅުވައިދެއްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އއ. ހިމަންދޫގެ ބަނދަރު ހުޅުވައިދެއްވައިފިއެވެ.

ހިމަންދޫ ބަނދަރު ހުޅުވާފައިވަނީ މިހާރު ރައީސް އއ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރު ހިމަންދޫއަށްވަޑައިގެން އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މިރަށުގެ ބަނދަރު ތަރައްގީ ކުރުމަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީން، އެމްޓީސީސީއާ ހަވާލުކުރީ 1 އޭޕްރީލް 2019 ގައެވެ. އަދި ބަނދަރު މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފައިވަނީ 5 އޭޕްރީލް 2019 ގައެވެ.

މި މަޝްރޫޢުގެ ދަށުން 28 އަކަ މީޓަރުގެ ސަރަޙައްދެއް ހިއްކައި 372 މީޓަރުގެ އެއްގަމު ތޮށްޓަކާއި، 405 މީޓަރުގެ ބޭރު ތޮށްޓެއް ވަނީ ހަދާފައެވެ. އަދި 141 މީޓަރުގެ ރިވެޓްމަންޓް ޖަހައި އެއްގަމު ތޮށްޓާއި ބޭރު ތޮށި ގުޅުވާލުމަށް ފާލަމެއް ހެދުމުގެ އިތުރުން، ބާޖުތަކަށް ފަސޭހައިން ބަނދަރާއި ގާތްކުރެވޭގޮތަށް ރޭމްޕެއްވެސް ހަދާފައިވެއެވެ.

މި މަޝްރޫއަކީ 49.93 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މަޝްރޫއުގެ މަސައްކަތް އެމްޓީސީސީން ނިންމާލައިފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް 20 ގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: