ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް ހާލަތުގައި އެންމެ ފުރިހަމަ ނަމޫނާ ދެއްކީ ސްކޫލްތަކުން: ނައިބު ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

ކޯވިޑްގެ ދަތި ހާލަތުގައި އެންމެ ފުރިހަމަ ނަމޫނާއެއް ދެއްކީ ސްކޫލްތަކުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ، ރާއްޖޭގެ ދެކުނަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުން ފުވައްމުލަކަށް ވަޑައިގެން، މުޙައްމަދު ޖަމާލުއްދީން ސްކޫލްގެ މަލްޓިޕަރޕަސް ހޯލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ މަނިކުފާނު ވިދާޅުވީ، ތައުލީމު ފޯރުކޮށްދިނުމުގައި އެއް ދޮރު ބަންދު ވެއްޖެނަމަ އެހެން ދޮރެއް ހުޅުވައިގެންވެސް، އަދި ސްކޫލްތައް ހުޅުވައިގެން ތައުލީމު ފޯރުކޮށް ނުދެވުމުން ގޭގައި ދަރިވަރުން ބައިތިއްބައިގެންވެސް މެދުނުކެނޑި ދަރިވަރުންނަށް ތައުލީމު ފޯރުކޮށްދީފައިވާ ކަމަށާއި އެކަމަށްޓަކައި އެންމެހާ މުދައްރިސުންނަށާއި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މިކަން ފަހިކޮށްދިނުމަށް މަސައްކަތް ކުރެއްވި އެންމެހާ ފަރާތްތަކަށް ޝުކުރުއަދާކުރައްވާ ކަމަށެވެ.

ނައިބުގެ ވާހަކަފުޅުގައި، ކޯވިޑްގެ ދަތިހާލުގައި ދައުލަތަށް ފައިސާ ލިބުން އެއްކޮށްހެން ހުއްޓިފައިއޮތް އިރުވެސް، ދިވެހިރާއްޖޭގެ އެންމެ އުތުރުން، ތުރާކުނުން ފެށިގެން އައްޑޫ ސިޓީ ގަމާ ހަމައަށް މަސައްކަތްތައް މަޑުނުޖެހި ކުރިޔަށްދިޔަ ކަން ފާހަގަކުރެއްވިއެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާގެ ދުރުވިސްނުންފުޅާއެކު ކުރެވިގެންދިޔަ މުހިއްމު މަސައްކަތްތަކެއްގެ ގޮތުގައި ނައިބު ސިފަކުރެއްވިއެވެ.

އިތުރަށް ވާހަކަފުޅުދައްކަވްމުން ކައިރި ޤައުމުތަކުގައި އަދިވެސް ކޯވިޑް މެނޭޖް ނުކުރެވިގެން އުޅޭ މަންޒަރު މިހާރުވެސް ފެންނަމުންދާ ކަމަށާއި އެހެންނަމަވެސް ރާއްޖެއިން ކޯވިޑް މެނޭޖްކުރުމުގައި ނަމޫނާ ދައްކާފައިވާ ކަމަށް ވިދާޅުވިއެވެ. ކޯވިޑް މެނޭޖްކުރުމުގައި ދެވުނު ގައިޑްލައިންތަކާއި ރެސްޓަރިކްޝަންތަކާ މެޝަރސްތަކާ އެއްގޮތަށް އެންމެ ރަނގަޅަށް އެމަސައްކަތް ކުރެއްވި ބަޔަކީ ސްކޫލްތަކުގައި މަސައްކަތްކުރެއްވި ބޭފުޅުންކަން އެ މަނިކިފާނު ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މުޙައްމަދު ޖަމާލުއްދީން ސްކޫލްގެ މަލްޓިޕަރޕަސް ހޯލް ހުޅުވާދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: