ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޯޑަށް ނާންގައި ޑޮލަރު ނަގައިގެން ސީއީއޯ ސަސްޕެންޑު ކުރި ވާހަކައަކީ ދޮގެއް: އެމްއައިބީ

އެމްއައިބީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަބްދުލް އެހްތެޝާމް އަބްދުލް މުހައިމިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުންފުނީގެ އެތެރޭގައި ހިނގި ހިޔާނާތުގެ މައްސަލައެއްގައި، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަބްދުލް އެހްތެޝާމް އަބްދުލް މުހައިމިން ސަސްޕެންޑު ކުރިކަމަށް ބުނެ މީޑިއާތަކުން ފަތުރާފައިވާ ވާހަކަތައް އެ ބޭންކުން ދޮގުކޮށްފި އެވެ.

ބޯޑަށް ނާންގައި 162،000 ޑޮލަރު ނުވަތަ ދިވެހި ފައިސާއިން ބަލާނަމަ 2.4 މިލިއަން ރުފިޔާ ނެގި މައްސަލައެއްގައި އެމްއައިބީގެ ސީއީއޯ ސަސްޕެންޑު ކުރިކަމަށް މީޑިއާތަކުގައި ފެތުރުނީ ބުދަ ދުވަހު އެވެ. މި ވާހަކަތަށް ދޮގުކޮށް، އެމްއައިބީން ނެރުނު ކުރު ބަޔާނެއްގައި ބުނީ، އެފަދަ އެއްވެސް ކަމެއް ކުންފުނީގެ އެތެރޭގައި ހިނގާފައި ނުވާކަމަށާއި ހަގީގަތާއި ހިލާފު ވާހަކަތައް ނުފެތުރުމަށް އެދޭ ކަމަށެވެ.

މި ހަބަރު ގެނެސްދިން މީޑިއާއިން އިތުބާރު ހުރި މަސްދަރަކާއި ހަވާލާދީ ބުނެފައިވަނީ، އެހްތެޝާމަށް ޑޮލަރު ދޫކުރީ ބޭންކުގެ އެޗްއާރު އޮފިސަރާއި ޗީފް ފައިނޭންޝަލް އޮފިސަރުގެ ސޮޔާއި އެކު ކަމަށެވެ. އޭނާ އެކަން ހިންގީ ބޯޑަށް ނާންގައިކަމަށް ހަބަރުގައި ވެއެވެ.

2011 ވަނަ އަހަރު ހިދުމަތް ދޭން ފެށި، އެމްއައިބީ ޕަބްލިކް ކުންފުންޏެއްގެ ގޮތުގައި ވެފައިވަނީ 2019 ގަ އެވެ. އެ ބޭންކުން ވަނީ 20.4 އިންސައްތަ ހިއްސާ އާއްމުންނަށް ވިކާފަ އެވެ.

އެމްއައިބީގެ 36 އިންސައްތަ ހިއްސާ އަކީ އިސްލާމިކް ކޯޕަރޭޝަންފޯ ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓާ (އައިސީޑީ)ގެ ހިއްސާ އެވެ. އަދި ދިވެހި ސަރުކާރުގެ 28 ޕަސެންޓް ހިއްސާ އެމްއައިބީގައި އޮންނައިރު 10.53 ހިއްސާ އަކީ ޕެންޝަން އޮފީހުގެ ހިއްސާ އެވެ. އަމާނާ ތަކަފުލްގެ 05 އިންސައްތަ ވެސް ކުންފުނީގައި ހިމެނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: