ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަކަތައިގެ ސާމާނު އަގުހެޔޮކޮށް ހޯދޭނެ މަގު ފަހިކުރުމަށް އެމްއައިބީ އާއި އެކު ސޮއިކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހަކަތަރި ސާމާނު އަގުހެޔޮކޮށް އާނމުންނަށް ހޯދޭނެ މަގު ފަހިކުރުމަށްޓަކައި ތައްޔާރުކޮށްފައިވާ ފައިނޭންސިންގ ސްކީމްގެ އެއްވަސްވުމުގައި އެންވަޔަރަމަންޓް މިނިސްޓްރީ އިން އިސްލާމިކް ބޭންކާއެކު ސޮއިކޮށްފި އެވެ.

މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެންވަޔަރަމަންޓް، ކްލައިމެޓްޗޭންހް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އާމިނަތު ޝައުނާއެވެ. އަދި މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފަރާތުން ސޮއި ކުރެއްވީ އެކްޓިންގ ސީއީއޯ އަހުމަދު ރިޒާއެވެ.

މި އެއްްބަސްވުމުގެ ދަށުން ހަކަތެރި ސާމާނު ބޭނުންކުރުމަށް ބާރުއެޅުމުގެ ގޮތުން ފައިނޭންސިންގ ސްކީމެއް ބޭންކުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ފައިނޭންސިންގ ސްކީމް ތައްޔާރުކޮށްފައިވަނީ ލިސްޓް ބޭސްޑް ފައިނޭންސިންގ ސްކީމެއްގެ ގޮތުގައެވެ. މި ސްކީމުން ގަނެވޭނީ ހަކަތަރި ޕްރޮގްރާމްގެ ދަށުން ލޭބަލް ޖަހާފައިވާ ތަކެތީގެ ލިސްޓުގައި ހިމެނޭ ތަކެތީގެ ތެރެއިން 3،4 އަދި 5 ތަތީގެ ތަކެއްޗެވެ.

ހަކަތަރި ޕްރޮގްރާމަކީ ރާއްޖެ ތަރައްގީވެ ކުރިއަރައިގެން އަންނައިރު ދެމެހެއްޓެނިވި ގޮތުގައި ކުރިއެރުމަށް ކުރެވޭ މަސައްކަތެކެވެ. މިނިސްޓްރީގެ ދިރާސާތަކުން ދައްކާ ގޮތުން ހަކަތަރި ޕްރޮގްރާމް ކާމިޔާބު ކަމާއެކު ހިނގައްޖެނަމަ، މިފަދަ މަސައްކަތަކާނުލާ 2030 ވަނަ އަހަރާ ހަމައަށް ބޭނުން ކުރެވޭނެ ކަމަށް އަންދާޒާކުރާ ހަކަތައިގެ މިންވަރުން 16 އިންސައްތަ މަދު ކުރެވިގެންދާނެ. އިންޖީނުގެއަށް ބޭނުންވާ ޖެނެރޭޝަން ކެޕޭސިޓީ އަށް ބަލާނަމަ މިއީ 2030 އަށް ބޭނުންވާނެ ކަމަށް އަންދާޒާކުރާ ޖެނެރޭޝަން ކެޕޭސިޓީގެ ތެރެއިން 147 މެގަވޮޓް. އެއީ އައު އިންޖީނުތައް ގަނެ އިތުރު ކަރަންޓުގެ ނިޒާމުތައް ބިނާކުރުމަށް ކުރަންޖެހޭ ހަރަދުގެ ތެރެއިން 800 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެއެވެ.

އެ ރަސްމިއްޔާތުގައި ޝައުނީ ވިދާޅުވީ ފައިނޭންސިންގ ސްކީމްގެ ދަށުން ހަކަތަރި ލޭބަލްޖެހި ސާމާނު ގަނެދިނުމަށް ހަމަޖެހިފައިވަނީ 10 ޕަސެންޓް ރޭޓުގައެވެ. އަދި އެއީ މިހާތަނަށް މިފަދަ ސްކީމަކުން ތަކެތި ގަނެދޭ އެންމެ ދަށް ރޭޓުކަމުގައި ޝައުނާ ވިދާޅުވިއެވެ.

އިމާރާތްތަކުން ޖައްވަށް ބޭރުކުރެވޭ ވިިހަ ގޭސް (ގްރީން ހައުސް ގޭސް) މަދުކޮށް މިދާއިރާއިން ހަކަތަ އިސްރާފްކުރުން މަދުކުރުމާއި އަދި ތިމާވެއްޓާއި ރައްޓެހިގޮތުގައި ހަކަތަ ބޭނުން ކުރުން އިތުރުކުރުމަށް ގްލޯބަލް އެންވަރަމަންޓް ފެސިލިޓީ (ޖެފް) ގެ އެހީއާއެކު އދ. ގެ ތިމާވެއްޓާ ބެހޭ ޖަމްއިއްޔާ، ޔުނައިޓެޑް ނޭޝަންސް އެންވަޔަރަމަންޓް ޕްރޮގްރާމް (ޔޫއެން އެންވަޔަރަމަންޓް) އާ ގުޅިގެން މިނިސްޓްރީގެ ފަރާތުން ކުރިއަށްގެންދާ ސްޓްރެންގތެނިންގ ލޯކާބަން އެނަރޖީ އައިލެންޑްސް ސްޓްރެޓަޖީސް ޕްރޮޖެކްޓުން ވަނީ ފައިނޭންސިންގ ސްކީމަށް 12،288،000 ރުފިޔާ ހަމަޖައްސާފައެވެ. ބޭންކުން މި ފައިސާ ބޭނުން ކުރާނީ ސްކީމް ހިންގުމަށް ގެރެންޓީއެއްގެ ގޮތުގައެވެ.

ހަކަތަރި ލޭބަލް ޖެހި ސާމާނި ގަތުމަށް ބޭނުންވާ ފަރާތްތަކަށް މި ސްކީމުން އެތަކެތި ގަނެދެނީ ބޭންކުގެ ފައިސާއިންނެވެ.

ބޭންކުގެ ފަރާތުން 15،360،000 ރުފިޔާ އާހަމައަށް ހަކަތެރި ލޭބަލްޖެހި ސާމާނު ސްކީމުން ގަނެވޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: