ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިޗްގެ ރޭޓިންގްސްއަށް އަމީރުގެ މަރުހަބާ!

ރާއްޖެއައި ފަތުރުވެރިންތަކެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑުގެ ސަބަބުން ދިމާވި އިގްތިސޯދީ ހީނަރުކަމާއި އެކު ވެސް، މާލީ ހާލަތު ރަނގަޅު ކުރުމުގައި ކުރިއެރުންތަކެއް ހޯދާފައިވާތީ ފިޗުން ރާއްޖެއަށް ދިން ރޭޓިންގ އަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަރުހަބާ ދަންނަވައިފި އެވެ.

ފިޗުން ނެރުނު ރިޕޯޓާއި މެދު ހިޔާލު ފާޅުކުރަމުން މިނިސްޓަރ އަމީރު ވިދާޅުވީ މިއީ އިގްތިސޯދަށް ލިބިގެންދާ ބޮޑު ކާމިޔާބެއް ކަމަށާއި 100 އިންސައްތަ ރިކަވަރީ އެއް ކާމިޔާބު ކުރުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމެވެ.

ރާއްޖެއަށް ފިޗުން ދީފައިވާ ބީ މައިނަސް ގެ ރޭޓިންގ އަކީ އެގައުމެއް އިގްތިސޯދު ރިކަވަރ ވަމުން އަންނަކަން ރަމްޒުކޮށްދޭ ރޭޓިންއަކަށް ވުމާއިއެކު މިރޭޓިންގ އާއި މެދު، އަމީރު ހިތްހަމަޖެހުން ފާޅުކޮށްފައިވެ އެވެ. ރާއްޖޭގެ ފަތުވެރިކަމާއި އިގްތިސޯދު އަޑިއަޅާލި ވަގުތު، އިގްތިސޯދު އަލުން ކޮޅަށް ޖެހުމަށް މަސައްކަތް ކުރި އެންމެހާ ފަރާތްތަކަށް މިނިސްޓަރ ޝުކުރު އަދާކުރިއެވެ.

މިނިސްޓަރ އަމީރު ކުރި ޓްވީޓުގައި ބުނެފައިވަނީ ސަރުކާރުން އަދިވެސް މަސައްކަތް ކުރަމުން ދަނީ ރާއްޖޭގެ ފަތުރުވެރިކަން ފުޅާކޮށް ހޭދަކުރާ އެނދުގެ އަދަދު އިތުރުކުރަމަށް ކަމަށެވެ. އަދި މިކުރެވޭ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އިންފްރާސްޓްރަކްޗަގެ ބޮޑެތި މަޝްރޫއުތައް ހިންގުމަށް ދޮރުތައް ހުޅުވި، ރާއްޖޭގެ އިގްތިސޯދު ކުރިއަރައިގެންދާނެކަމަށްވެސް އަމީރު ފާހަގަކޮށްފައިވެއެވެ.

ރާއްޖޭގެ ރޭޓިން ސީސީސީ ގައި އޮތުމަށް ފަހު، ބީ މައިނަސް ގެ ރޭޓިންގ އަކަށް މަތިކުރެވުމަކީ ރާއްޖޭގެ އިގްތިސޯދަށް ކުރިމަތި ކުރުވި ދަތިތަކުން އަރައިގަންނަން ކުރަމުންދާ މަސައްކަތުގެ ފަހި ނަތީޖާކަން ހާމަވެގެންދާކަމެކެވެ.

ފިޗުން ނެރުނު ރިޕޯޓުގައިވާ ފަދައިން މިއަހަރުގެ މިހާތަނަށް ރާއްޖޭގެ ފަތުރުވެރިކަން 70 އިންސައްތަށް ރިކަވާ ވެފައިވާ ކަމަށާއި ހޭދަކުރާ އެނދުގެ އަދަދު ވެސް މައްޗަށް ޖެހިލާފައިވާ ކަމަށެވެ. އަދި ފަތުރުވެރިން ކުރިއާއި ހިލާފަށް ރާއްޖޭގައި، 03 ދުވަސް ހޭދަކުރާކަމަށް ރިޕޯޓުގައި ވެއެވެ. 2022 ވަނަ އަހަރުގެ ނިޔަލަށް 80 އިންސައްތަ ރިކަވަރ ކުރެވިގެންދާނެ ކަމަށް ފިޗުން ލަފާކުރެއެވެ. އަދި 2023 ވަނަ އަހަރު 100 އިންސައްތަ ރިކަވަރީއެއް ރާއްޖޭގެ ފަތުރުވެރިކަމަށް ކާމިޔާބު ކުރެވޭނެކަމަށްވެސް މި އިދާރާއިން ލަފާކުރެއެވެ.

ކޮވިޑުގެ ސަބަބުން ރާއްޖޭގެ ފަތުވެރިކަމަށް ހިނާރުކަމެއް އައި ނަމަވެސް، ދުނިޔޭގެ އެކި ސަރަހައްދުތަކުގެ ބޯޑާ ހުޅުވާލުމާއި އެކު، ރާއްޖެއަށް ގިނަ ފައިދާ ކުރާނެ ކަމަށް ފިޗް ގެ ރިޕޯތުގައި ބުނެފައިވެއެވެ. އެގޮތުން ބޯޑަރުތައް ހުޅުވުމާއި އެކު ރާއްޖޭގެ ފަތުވެރިކަމަށް އޮންނަ ޑިމާންޑް އިތުރުވެގެންދާނެކަމަށާއި އެހެން ފަތުވެރިކަމުގެ މަންޒިލުތަކުގެ ވާދަގަދަވެގަންދާނެ ކަމަށް މިރިޕޯޓުގައި އެކުލަވާފައިވެއެވެ.

ކަންމިހެން އޮތްނަމަވެސް ކޮވިޑުގެ ވޭރިއޭންޓްތައް އިތުރުވެ ފެތުރުމުގެ ބިރު ހީވެފައިވާކަން ފާހަގަކޮށް ފިޗުން ބުނެފައިވަނީ ވޭރިއެންޓް އާއްމު ވެއްޖެ ނަމަ ރާއްޖޭއަށް ގެއްލުން ވާނެ ކަމަށެވެެ. އެކަމުގެ ހެއްކެއް ގޮތުގައި ފިޗުން ނެރުނު ރިޕޯޓުގައި އެކުލަވާފައިވަނީ ދެކުނު އޭށިއާގައި ހަލުއި ކަމާއި އެކު ފެތުރިގެން ދިޔަ ޑެލްޓާ ވޭރިއެންޓް ގެ ސަބަބުން ވަގުތީ ގޮތަކަށް ރާއްޖެ ބަންދު ކުރުމާއި އެކު، ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އެވްރޭޖް އަދަދު 40 އިންސައްތަ ދަށް ވެގެންދިޔަކަމަށެވެ.

ފިޗުން ނެރުނު މި ރިޕޯޓުގައި ރާއްޖޭގެ މާލީ ހާލަތާއި މެދު ކަންބޮޑުވުންފާޅުކޮށް ފިޗްއިން ބުނީ، ރާއްޖޭގެ ދަރަނިތައް އިންތިހާއަށް ބޮޑުއިރު އެ ފައިސާތައް ނުވަތަ ލޯނުތައް އަނބުރާ ދެއްކުމުގައި ރާއްޖެއިން ބަރޯސާވަނީ ބޭރުގެ ގައުމުތަކަށް ކަމަށެވެ.

ފިޗުން ރާއްޖޭގެ ލޯންގް-ޓާމް ފޮރިންކަރަންސީ އިޝުއާ ޑިފޯލްޓު ރޭޓިން (އައިޑީއާރް) ކުރިއަށް ޖައްސާފައި ވަނީ ރާއްޖޭގެ އިގުތިސާދު މިވަގުތު ރަނގަޅުވަމުން ދާތީ އެވެ. ފިޗުން ވަނީ ރާއްޖޭގެ އިގުތިސާދީ ހާލަތު ”ސްޓޭބަލް“ ވަމުން އަންނަ ކަމަށް ބުނެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: