ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްކޫލް ކުދިންނަށް ކުރާ ޖިންސީ ގޯނާއާ ދެކޮޅަށް ”ރައިޒް އަޕް އެމްވީ“ ގެ ހަރަކާތެއް!

ޖިންސީ ގޯނާގެ މައްސަލަތަކާއި ދެކޮޅަށް ވީއޯސީން އިންތިޒާމު ކުރާ ހަރަކާތުގެ ތެރެއިން-/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސްކޫލް ކުދިންނަށް ކުރާ ޖިންސީ ގޯނާއާ ދެކޮޅަށް ”ރައިޒް އަޕް އެމްވީ“ އިން އެއްވުމެއް ބާއްވަން ނިންމައިފިއެވެ.

މި އެއްވުމަކީ ސްކޫލްތަކުގައި ޖިންސީ ގޯނާ ލިބެމުންދާ ކުދިންގެ ހައްގުގައި އަޑު އުފުލުމުގެ ގޮތުން ކުރިއަށް ގެންދާ އެއް ވުމެކެވެ. މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ މި އެއްވުން ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 4:00 ރަސްފަންނު ސަރަހައްދުގައެވެ.

މި އެއްވުމަކީ ސުލްހަވެރި އެއްވުމެއްއެއްކަމަށާއި މި އެއްވުން ސުލްހަވެރިކަމާއެކު ކުރިއަށް ގެންދިޔުމަށް ކަމާބެހޭ ފަރާތްތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެފަރާތުން އެދެއެވެ.

ސްކޫލް ކުދިންނަށް ކުރާ ޖިންސީ ގޯނާއާ ދެކޮޅަށް އެއްވުމެއް ބާއްވާއިރު މާލޭގެ ޕްރީސް ސްކޫލެއްގައި ކިޔަވަމުން ދިޔަ ދަރިވަރަކަށް ވަނީ ޖިންސީ ގޯނާކޮސްފައެވެ. މި މައްސަލާގައި ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މީހާ ވަނީ ވަޒީފާ އިން ސަސްޕެންޑް ކޮށްފައެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ ދަރިވަރަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ސްކޫލަށް ހުށަހެޅި ކަމުގެ މަޢުލޫމާތު މިނިސްޓްރީއަށް ލިބުމާއެކު އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން ދާކަމަށެވެ.

މިކަމުގެ މަޢުލޫމާތު ލިބުނު ހިސާބުން ފެށިގެން މިކަމުގައި އަޅަންޖެހޭ ފިޔަވަޅުތައްވަނީ އަޅާފައިކަމަށާއި، މައްސަލަ ތަހުޤީޤު ކުރުމަށްޓަކައި މިހާރުވަނީ ތަހުޤީޤީ އިދާރާއާ ހަވާލުކުރެވިފައިކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

ފުލުހުންވެސް ބުނީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ. ނަމަވެސް މި މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ކުއްޖާއަށް ޖިންސީ ގޯނާ ކުރި މީހަކީ އެ ސްކޫލްގައި މަސައްކަތު މީހެއްގެ ވަޒީފާ އަދާކުރާ މީހެކެވެ. އަދި އޭނާ އަކީ މީގެ ކުރިންވެސް މިފަދަ ކުއްތަކުގެ ރިކޯޑު ސްކޫލްގައި އޮންނަ މީހެއް ކަމަށާއި އޭނާއާއި ގުޅޭ އެތަށް ޝަކުވާއެއް މީގެ ކިރިންވެސް ސްކޫލަށް ހުށަހަޅާފައިވާ މީހެއް ކަމަށް މައުލޫމާތު ލިބެ އެވެ.

ރައިޒްއަޕް އަކީ މުޖްތަމައުގައި ދިމާވަ މިފަދަ ކަންކަމާއި ގުޅިގެން މީގެ ކުރިންވެސް އަޑުއުފުލުމުގައި ހަރަކާތްތެރިވާ މޫވްމަންޓެކެވެ. އެގޮތުން މިއަހަރުގެ އޭޕްރިލް މަހު ވެސް ރާއްޖޭގެ މަސައްކަތުގެ މާހައުލުގައި ކުރިމަތިވެފައިވާ ޖިންސީ ފުރައްސާރައިގެ މައްސަލަތަކާ ދެކޮޅަށް ވަނީ އެއްވުމެއް ބާއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: