ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންނަ އަހަރަށް 36.9 ބިލިއަން ރުފިޔާ ބަޖެޓެއް ހުށަހަޅައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރަށް 37 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފިއެވެ.

ބަޖެޓް މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ.

ބަޖެޓު ހުށަހަޅުއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ ބަޖެޓުގެ ތެރެއިން، ޚަރަދުގެ ގޮތުގައި ހިނގާނެކަމަށް ބެލެވެނީ 34.0 ބިލިއަން ރުފިޔާ ކަމަށާއި ބަޖެޓާއި ޚަރަދާއި ހުރި ތަފާތުގެ ބޮޑު ބައެއް ހިއްސާކުރަނީ، ދައުލަތުގެ ދަރަނިއަދާކުރުމަށް ދައްކާ 2.9 ބިލިއަން ރުފިޔާ ކަމަށެވެ.

އަންނަ އަހަރުގެ އާމްދަނީއަށް ބަލާއިރު ޓެކުހުގެ ގޮތުގައި 15.4 ބިލިއަން ރުފިޔާ އަދި ޓެކްސް ނޫން އެހެން ގޮތްގޮތުން އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވަނީ ހަ ބިލިއަން ރުފިޔާ އެވެ. މީގެ އިތުރުން 2.9 ބިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ވެސް ސަރުކާރުން ލަފާކުރެ އެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ އަށް ނުވަތަ ތަރައްގީގެ މަޝްރޫއުތަކަށް ހަރަދުކުރުމަށް 6.3 ބިލިއަން ރުފިޔާ ވެސް ކަނޑައަޅާފައިވެ އެވެ. އަދި އެހެނިހެން ހަރަދުގެ ގޮތުގައި އެކި ކަންކަމަށް ކުރާ ހަރަދުގެ ގޮތުގައި 5.8 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: