ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޭއްވެވި ހަފްލާގައި ރައީސް ބައިވެރިވެވަޑައިގެންފި

ޝެއާރކޮށްލާ ކަހަލަދޯ؟

ސްކޮޓްލެންޑްގެ ގްލާސްގޯގައި ބޭއްވި އ.ދ.ގެ މޫސުމަށް އަންނަ ބަދަލުތަކާބެހޭ ކޮންފަރެންސް (ކޮޕް26)ގެ ހަވާސާގައި ޤައުމުތަކުގެ ވެރިންގެ ޝަރަފުގައި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ހިސް އެކްސެލެންސީ ބޮރިސް ޖޯންސަން ބޭއްވެވި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންފިއެވެ.

މި ޙަފްލާ ކުރިއަށްދިޔައީ ސްކޮޓްލެންޑްގެ ގްލާސްގޯގައި ހުންނަ ކެލްވިންގްރޯވް އާޓް ގެލަރީ އެންޑް މިއުޒިއަމްގައެވެ.

ވީ.ވީ.އައި.ޕީ.ގެ މި ޚާއްޞަ ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ 120 އަށްވުރެ ގިނަ ޤައުމުތަކުގެ ސަރުކާރާއި ދަޢުލަތުގެ އިސްވެރިންނާ އެކު ބައިވެރިވެވަޑައިގަންނަވާފައެވެ.

ކޮޕް26ގެ ބައްދަލުވުމަކީ ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީގެ ޕްލޭންގެ ވާހަކަތައް ޙިއްޞާކުރުމަށް ލިބޭ އަގުހުރި ފުރުޞަތެކެވެ. މިރޭ ކޮޕް26 ބައްދަލުވުމުގައި ތަޤުރީރު ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މި ބައްދަލުވުމުގައި ބައިވެރިވާ ދުނިޔޭގެ ލީޑަރުންނަށް އެބޭފުޅުން ކުރައްވާ މަސައްކަތް އިތުރުކުރައްވައި މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް އިތުރު އަހަންމިއްޔަތުކަމެއް ދީގެން އުންމީދީ ނިންމެވުންތައް ނިންމައި އެކަމުގައި އެބޭފުޅުންގެ ވާޖިބުއަދާކުރެއްވުމަށް ގޮވާލައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: