ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހިން ’ކްލައިމެޓް ރެފިއުޖީން‘ ނަށް ވުމުގެ ބިރު އެބައޮތް: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިން ”ކްލައިމެޓް ރެފިއުޖީން“ ނަށް ވުމުގެ ބިރު އެބައޮތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ މިރޭ ކޮޕް26ގެ ހަވާސާގައި ކުރިއަށްދިޔަ ކޮމަންވެލްތް ލީޑަރސް އެޓް ދަ ވޯރލްޑް ލީޑަރސް ސަމިޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވާހަކަފުޅުގައި ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރަމުންދާ ނޭދެވޭ އަސަރުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ރައީސް ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިންގެ އާންމު ދިރިއުޅުމަށް ކުރާ ނޭދެވޭ އަސަރުތަކާއި، ދިވެހިން ’ކްލައިމެޓް ރެފިއުޖީން‘ ނަށް ވުމުގެ ބިރު އެބައޮތްކަމުގައި ވިދާޅުވެފައެވެ.

މި ސަމިޓްގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ވަނީ ރާއްޖެއަކީ ކުޑަ ޤައުމެއްކަމުގައި ވީ ނަމަވެސް، އަބަދު ކާރިސާއެއް ކުރިމަތިވެދާނެކަމުގެ ބިރުވެރިކަމަކާއި ނުލައި ދިވެހިންނަކީ ވެސް ދިރިއުޅެން ޙައްޤުވާ ބައެއްކަމުގައި ވިދާޅުވެފައެވެ.

މީގެއިތުރުން މޫސުމަށް އަންނަ ބަދަލުތަކުން ކުރިމަތިވާ ނުރައްކަލަކީ މުޅި ދުނިޔެ ތަހައްމަލުކުރަންޖެހޭ ކަމެއްކަމުގައި ފާހަގަކުރައްވައި މި ވަގުތު އެންމެން އެކަތިގަނޑަކަށްވެގެން އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށާއި ފާގަތިކަމަށް މަސައްކަތްކުރުމަށް ރައީސް ވަނީ ބާރުއަޅުއްވާފައެވެ.

ކޮމަންވެލްތް ބައްދަލުވުމުގައި ރާއްޖެފަދަ ކުދި ޤައުމުތަކުން މޫސުމާބެހޭ ނުރައްކާތަކުން ސަލާމަތްވުމަށް ކުރަން ކަނަޑައަޅައިފައިވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވަނީ ’ކްލައިމެޓް ފައިނޭންސް‘ ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް މަގުފަހިކުރުމަށް ބާރުއަޅުއްވާފައެވެ. އަދި މިހާރު އޮތް ’ކްލައިމެޓް ފައިނޭންސް‘ ހޯދުމަށް ކުރަންޖެހޭ ބުރަ މަސައްކަތްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

މި ބައްދަލުވުމުގައި ރައީސް ވަނީ ކޮމަންވެލްތުން މިފަދަ ކަންކަމުގައި އިސްނަގައި ’ކްލައިމެޓް ފައިނޭންސް‘ ފަސޭހަކަމާއެކު އެއަށް ބޭނުންޖެހިފައިވާ ޤައުމުތަކަށް ލިބޭނެ މަގުފަހިކުރުމަށް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ’ކޮމަންވެލްތް ކްލައިމެޓް ފައިނޭންސް އެކްސެސް ހަބް‘ ގެ މަސައްކަތް އިތުރަށް ފުޅާކުރުމަށްވެސް އެދިވަޑައިގެންފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: