އުރީދޫ މޯލްޑިވްސް އިން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ (އެޗްޑީީސީ) އާއި އެކު ޕާޓްނަވެ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ހައި ސްޕީޑް ފައިބާ ހޯމް ބްރޯޑްބޭންޑް، ސުޕަނެޓްގެ ހިދުމަތް ތައާރަފްކޮށްފިއެވެ.
މި ޕާޓްނަޝިޕްގައި ސޮއިކޮށްފައި ވަނީ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަޙްމަދާއި އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރ ޙުސައިން ނިޔާޒްގެ އިތުރުން ދެ ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާއެކު ދުމަތް ހޯދުމުގައި އެހީތެރިވެދިނުމުގެ ގޮތުން އުރީދޫއިން ވަނީ ސުޕަނެޓް ހިދުމަތަށް އެދޭ ފަރާތްތަކަށް ހާއްސަ އޮފާއެއްގެ ދަށުން ހިލޭ ރައުޓަރާ އެކު އިންސްޓޯލްމަންޓް ޗާޖުތައް ވެސް ހިލޭ ކޮށްދީފައެވެ. ސުޕަނެޓްގެ ހައިސްޕީޑް އިންޓަނެޓްގެ އިތުރުން ސުޕަނެޓްގެ ހިދުމަތަށް އެދޭ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ އާއްމުންނަށް މުޅިން ހިލޭ ލޭންޑްލައިން ފޯނެއް ލިބި، ކަސްޓަމަރުންނަށް ފުރިހަމަ ޓެލެކޮމިއުނިކޭޝަން ސޮލިއުޝަނެއް ލިބިގެންދާނެ އެވެ.
”އުރީދޫ މޯލްޑިވްސްގެ މިޝަންއާއި އެއްގޮތުގެ މަތިން ޑިޖިޓަލް ދިވެހިރާއްޖެއެއް ބިނާ ކުރުމަށް މުޖުތަމައުތަކަށް މުޖުތަމައުތައް ގުޅުވާލަދިނުމަކީ އަޅުގަނޑުމެން އަބަދުވެސް އިސްކަންދޭ ކަމެއް. ޑިޖިޓަލް ޙީދުމަތްތަކުގެ މުހިންމުކަން އިތުރުވެފައިވީއިރު ފެންވަރު ރަނގަޅު އިންޓަނެޓްގެ ޙިދުމަތް އެންމެހައި ފަރާތްތަކަށް ފޯރުކޮށް ދިނުމަކީ މުހިންމުކަމެއް. އެހެންކަމުން، ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އަޅުގަނޑުމެންގެ ސުޕަރނެޓްގެ ޚިދުމަތާއެކު، އިންޓަރނެޓްގެ ފުރހިމަ ފައިދާ ލިބިގަތުމަށް މަގުފަހިކޮށް ދިނުމަކީ އަޅުގަނޑުމެން ނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ސުޕަނެޓް ޕޯޓްފޯލިއޯ ދާދި ފަހުން ގެނެވިފައިވާ ބަދަލުތަކާއެކު ކަސްޓަމަރުންނަށް ބޮޑެތި ޑޭޓާ އެލަވަންސްތަކާއި، ހައި ސްޕީޑްތަކާއެކު ޑޭޓާ ރޯލްއޯވަރ އަދި ސުޕަރނެޓް ވޮއިސްގެ ޚިދުމަތްވެސް ލިބިގެންދާނެ. މުޖުތަމައުތަކުގެ ދިރިއުޅުން މުއްސަނދިކުރުމަށް ހެޔޮ އަގުގައި އެންމެ ފުރިހަމަ ޑިޖިޓަލް ސޮލިއުޝަންތައް ފޯރުކޮށްދިނުމުގައި އަޅުގަނޑުމެން ދެމިތިބޭނެކަމުގެ ޔަގީންކަން އަރުވަން.“ އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރ، ހުސައިން ނިޔާޒް
ދާދި ފަހުން، އުރީދޫ އިން ވަނީ ކަސްޓަމަރުންގެ ޑިޖިޓަލް ބޭނުންތަކަށް އެކަށޭނެހެން، ސުޕަނެޓް ޕޯޓްފޯލިއޯއަށް ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. މިބަދަލާއެކު 100 އިންސައްތަ އާއި ހަމައަށް ޑޭޓާ އެލަވަންސްތައް އިތުރުކުރެވިފައިވުމާއެކު ސުޕަނެޓް ގެ ޕްލޭންތަކަކީ މިހާރު މާކެޓްގައި އެންމެ ބޮޑު ޑޭޓާ އެލަވަންސް ލިބޭ ލިބޭ ޕްލޭންތަކެކެވެ.
މީގެ އިތުރުން އަންލިމިޓެޑް ޑޭޓާ ރޯލްއޯވަރ އާއި ސުޕަރނެޓް ވޮއިސް – ލޭންޑްލައިންގެ ހިދުމަތް ވެސް ސުޕަނެޓް ކަސްޓަމަރުންނަށް ލިބިގެންދެ އެވެ. އުރީދޫ ކްލަބް ޕްރިމިއަ ލޯޔަލްޓީ ޕްރޮގްރާމް މެދުވެރިކޮށް، ސުޕަރނެޓް 40 އެމް އާއި މަތީގެ ޕެކޭޖްތަކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް، ލޯކަލް އަދި އިންޓަރނޭޝަނަލް ބްރޭންޑްތަކާއި ޕްލެޓްފޯމްތަކުން ހާއްސް އޮފަރތައް ލިބިގެންދާނެ އެވެ.
ރާއްޖޭގެ އާބާދީގެ 75 އިންސައްތައަށް މިހާރު ސުޕަރނެޓްގެ ޚިދުމަތް ލިބޭ އިރު، ޚިދުމަތް އިތުރަށް ފުޅާކޮށް މުޅި ރާއްޖެ ކަވަރ ކުރުމަށް އުރީދޫއިން ދަނީ މަސައްކަތް ކުރަމުންނެވެ. ޑިޖިޓަލް ޚިދުމަތްތައް މެދުވެރިކޮށް ރާއްޖޭގެ ރައްޔިތުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދީ، އިންޓަރނެޓްގެ ޚިދުމަތް ވީހާވެސް ގިނަބަޔަކަށް އެންމެ ފުރިހަމަގޮތުގައި ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސް އިން އަބަދުވެސް މަސައްކަތް ކުރަމުންގެންދާނެކަމުގެ ޔަގީންކަންވެސް އެކުންފުނިން އަރުވައެވެ.
ސުޕަރނެޓްއާއި ބެހޭ މައުލޫމާތް http://ore.do/supernet އިން ލިބިވަޑައިގަންނަވާނެ އެވެ.

