ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫސިޓީގައި ކޮވިޑުގެ ހާލު އިންތިހާއަށް ގޯސް!

އައްޑޫގައި ކޮވިޑުގެ ކޭސްތައް ދަނީ ވަރަށް ބޮޑުތަނުން އިތުރުވަމުން/ ފޮޓޯ: އެޗްއީއޯސީ
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީގައި ކޮވިޑު-19 ހަލުވިކަމާއި އެކު ފެތުރި، އެ ސިޓީގެ ހާލަތު ގޯސްވަމުންދާތީ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ. .

ސަންގު ޓީވީއަށް ވާހަކަ ދެއްކި އައްޑޫގެ ބައެއް ރައްޔިތުން ބުނިގޮތުގައި، އައްޑޫ ސިޓީގައި ކޮވިޑަށް ޕޮޒިޓިވް ވަމުންދާ ކޮވިޑުގެ ކޭސްތައް ދަނީ އިތުރުވަމުންނެވެ. އެގޮތުން ތަފާސްހިސާބުން ދައްކާ ގޮތުގައި، ހުކުރު ދުވަހުގެ ހަވީރު 18:00 އާއި ހަމައަށް ޖުމްލަ 42 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ. މީގެ ތެރޭގައި މީދޫގެ 13 މީހުން، ފޭދޫ އިން 3 މީހުން، މަރަދޫ އިން 7 މީހެއްގެ އިތުރުން ހިތަދޫ އިން 19 މިހުން ވަނީ ކޮވިޑަށް ފޮޒިޓިވްވެފައެވެ. ހުކުރު ދުވަހުގެ ނިޔަލަށް އައްޑޫސިޓީގައި ކޮވިޑުގެ އެކްޓިވް ކޭސްތައް 328 އަށްއަރައެވެ.

ބަލި ފެތުރިގެންދާ ގޮތް މިހާ ހަލުވި ނަމަވެސް ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާ އަކީ ކަމާއި ބެހޭ އިދާރާތަކުން އަޅަން ޖެހޭ އެކަށީގެންވާ ފިޔަވަޅުތައް ނާޅާކަމެވެ. އެގޮތުން ކޮވިޑަށް ފޮޒިޓިވްވާ، ސްކޫލަށް ދާ އުމުރު ފުރާ ކުދިން ގިނަ ނަމަވެސް، އައްޑޫގެ ސްކޫލުތަކުގައި އަދިވެސް ކިޔެވުން ކުރިއަށް ގެންދެއެވެ. އަދި ހަމައެއާއިއެކު ރޭގަނޑު 21:00 އިން ފަތިހު 04:00 ކާފިއު ހިންގި ނަމަވެސް ކާފިއު އަށް ތަބާވަނީ މަދު ބައެއްކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި ގޭގޭގައި މީހުން ކަރަންޓީނު ކުރުމުގައި އެއްވެސް އުސޫލެއް ނެތް ކަމަށް ބުނެ ރައްޔިތުންގެ ޝަކުވާތައް ވެސް ދަނީ ގިނަވަމުންނެވެ.

ސަންގުއަށް މައުލޫމާތު ދެމުން އައްޑޫގައި ދިރިއުޅެމުންދާ ފަރާތަކުން ބުނެފައިވަނީ ގައިދުރުކަން އިސް ކުރުމުގެ އާދަ ކުރިން އޮތްނަމަވެސް، މިހާރު އެމަންޒަރެއް ނުފެންނަ ކަމަށެވެ. އެގޮތުން ސްކޫލު މާހައުލުގައިވެސް މި މަންޒަރު ނުފެންނަ ކަމަށް ބުނެފައިވެއެވެ.

ސަންގު ޓީވީ އިން އައްޑޫ ސިޓީގެ ކޮވިޑުގެ ހާލަތާއި ބެހޭ ގޮތުން  މައުލޫމާތު ހޯދުމަށް ތަކުރާރުކޮށް ހެލްތު ޕްރޮޓެކްޝަން އިން އައްޑޫއަށް ކަނޑައަޅާފައިވާ ފޯކަލް ޕޮއިންޓް އަށާއި ސިޓީގެ މޭޔަރ އަލީ ނިޒާރަށް މެސެޖުކޮށް ގުޅުމުންވެސް ފޯނަށް ޖަވާބު ނުދެއްވާތީ އެއްވެސް ފަރާތެއްގެ ބަހެއް މިކަމާއި ބެހޭގޮތުން ލިބިފައެއްނުވެއެވެ.

އައްޑޫގައި ކޮވިޑް ކޭސްތައް އިންތިހާއަށް އިތުރުވަމުންދާއިރު އައްޑޫގައި ކޮވިޑު ބަލީގައި ނިޔާވާ މީހުންގެ އަދަދު ދަނީ މަތިވަމުންނެވެ. މިހާތަނަށް 10 މީހުން ކޮވިޑު ޖެހި މަރުވެފައިވާ އިރު، އައްޑޫ ރައްޔިތުން ވަނީ ކޮވިޑާއި ދެކޮޅަށް މަސައްކަތް ކުރުމަށް އައްޑޫގައި އެކަށީގެންވާ ވަސީލަތްތަކެއް ނެތްކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިމަހު އައްޑޫއިން ކޮވިޑު ޖެހިގެން ނިޔާވި 84 އަހަރުގެ މީހެއްގެ އާއިލާއިން ވަނީ އައްޑޫ ކޮވިޑު ފެސިލިޓީގެ ފެންވަރު ދަށްކަމަށާއި، އެކަށިގެންވާ ގޮތަށް އަޅާނުލާ ކަމަށް ބުނެފައެވެ. މިދިޔަ މަހުގެ 28 ވަނަ ދުވަހު ރައްޔިތުން އެއްވެ ‘އައްޑޫ ސިއްހީ ނިޒާމު ފުނޑާލައިފި’ ނަމުގައި އިހުތިޖާޖު ކޮށްފައިވަނީ ކޮވިޑު ފެސިލިޓީއާއި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން އާއްމުންނަށް ދޭންޖެހޭ ފަރުވާ ނުލިބި، ފަރުވާކުޑަ ކުރަމުންދާތީ އެކަމާއި ދެކޮޅަށް އަޑުއުފުލުމުގެ ގޮތުންނެވެ.

ގިނަ ރައްޔިތުން ދެކޭ ގޮތުގައި އައްޑޫގައި ކޮވިޑު ބަލި ފެތުރެން މެދުވެރިވާ ސަބަބަކީ ކަމާއި ބެހޭ ފަރާތްތަކުން އަޅަން ޖެހޭ ފިޔަވަޅުނާޅާ، އުސޫލުތައް ތަންފީޒު ނުކުރެވުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 200%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: