ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ ސިޓީ ނޭޗާ ޕާކަކީ ނަފާ ލިބޭ ތަނަކަށް ހަދާނަން: މުއިއްޒު

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީގެ ނޭޗާ ޕާކަކީ ނަފާ ލިބޭ ތަނަކަށް ހަނދާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑީޑޭޓް ޑރ. މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު އައްޑޫ ހިތަދޫ ރައްޔިތުންނާއި ބައްދަލު ކޮށްވިދާޅުވީ އިގްތިސޯދީ ގޮތުން ފުދުންތެރި ރައްޔިތަކަށް ހެދުމައްޓަކާއި މި ކަމުގެ ސަބަބުން މަންފާ ކުރާނެ ކަމަށެވެ.

“އެތަަނަކީ އިގްތިސޯދީ ގޮތުން ނަފާލިބޭނެ ތަނަކަށް ހަދާނަން. މިއީ އަޅުގަނޑު ހުށައަޅައިގެން އުޅޭ މެނިފެސްޓޯގަވެސް ވަރަށް މުހިންމު ކަމަށް ބަލައިގެން ކުރާނެ ކަމެއް. ” މުއިއްޒު ވިދާޅުވިއެވެ.

ވެރިކަމަށް އަންނަނީ ރައްޔިތުންނަށް ކަންކަން ކޮށްދިނުމަށް ކަމަށާއި، ރައްޔިތުން އެދޭ ކަންކަމަކީ ކޮބައިތޯ ބަލާ އެ ރައްޔިތުންނަށް ފައިދާވާނެ ގޮތްތައް ހޯދާނެ އެކަންކަން ކުރާނެ ކަމަށެވެ. މިހާރުވެސް ކެމްޕެއިނަށް ރަށްރަށަށް ވަޑައިގެން މި މަސައްކަތް ކުރައްވަނީ ރައްޔިތުން ބޭނުންވާ ކަންތައް ހޯދާ އޮޅުންފިލުވުން ކަމަށެވެސް ވިދާޅުވިއެވެ.

އަައްޑޫ ސީޓީގެ ތަރައްގީއަށްވެސް ވަރަށްގިނަ ކަންކަމުގެ ވާހަކަތައް ދެއްކިފައިވާ ކަމަށާއި، ނަމަވެސް އޭގެ ތެރޭން އެންމެ މުހިންމު އިސްކަމެއް ދެވިގެން ނޭޗާ ޕާކް ތަރައްގީކޮށް މަންފާ ކުރާނެ ގޮތް ބަލާ އެކަން ކޮށްދެއްވާނެ ކަމަށެވެ. މީގެ އިތުރުން އައްޑޫ ސޓީީގެ މަގު ހެދުމާއި، ގެދޮރުވެރިކަމާއި، އެއާޕޯޓާއި، މަސްވެރިކަމާއި، ހޮސްޕިޓަލްވެސް ތަރައްގީ ކުރެވޭނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

ހަމައެހެންމެ ޒުވާނުންނަށްވެސް ހަމަޖެހޭ މާހައުލެއް ގާއިމް ކޮށްދެއްވުމުގެ ގޮތުން އެކި ސްޓޭޑިޔަމްތައްފަދަ ތަންތަން ގާއިމް ކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ. މިއިން ކޮންމެ ކަމެއްވެސް ކޮށްދޭނީ އިޙްލާސްތެރިކަމާއިއެކުގައި ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

އެހެންކަމުން އެމަނިކުފާނާއި ވެރިކަން ހަވާކު ކޮށްފިކަމުގައިވާނަމަ މިކަންތައްތައް ކޮށްދެވާނެ ކަމަށް މުއިއްޒު ވަނީ ވައުދުވެ ވަޑައިގެންފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: